ދިވެހިރާއްޖެ
ނަންބަރު: S2C-C/2023/ 03
އިޢުލާން
އަމިއްލަ ތަކެތީގައި މިކޯޓުގެ އިމާރާތަށް ބައެއް އިތުރުކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުން
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު ހިންގަމުންދާ ޢިމާރާތާއި ގުޅުވައިގެން މިއިމާރާތަށް ބައެއް އިތުރުކުރުމަށްޓަކައި މިކޯޓުން ހުށަހަޅާ ކުރެހުމާއި އެއްގޮތަށް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތާއިގުޅޭ މައުލޫމާތު ސާފުކުރުން އޮންނާނީ 2023 ޖެނުއަރީ 17 ވާ އަންގާރަ ދުވަހުގެ 13:00ގައި އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ. އަދި އަންދާސީ ހިސާބުހުށަހެޅުމުގެ ސުންގަޑިއަކީ 2023 ޖެނުއަރީ 29 ވާ އާދިއްތަ ދުވަހުގެ 13:00 އެވެ. މަޢުލޫމާތު ސާފުކުރުމަށާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
މިމަސައްކަތަށް ކުރިމަތިލެވޭނީ ޤާނޫނު ނަންބަރު 2014/18ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި 2014/19ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.
16 ޖުމާދަލްއާޚިރާ 1444
08 ޖެނުއަރީ 2023