ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
މި މިނިސްޓްރީ އާއި ޔުނެޕް ކޯޕަންހޭގަން ކްލައިމެޓް ސެންޓަރ (ޔުނެޕް ސީ.ސީ.ސީ) އާއި ގުޅިގެން 'އިނިޝިއޭޓިވް ފޯރ ކްލައިމެޓް އެކްޝަން ޓްރާންސްޕޭރެންސީ (އައިކެޓް)' ނަމުގައި ދަނީ އެސެސްމަންޓްތަކެއް ތައްޔާރުކުރަމުންނެވެ. މި މަސައްކަތްތަކގެ ދަށުން ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޭނުންވާ މައުލޫމާތުއެއްކޮށް، މައުލޫމާތު ޙިއްސާކުރުމަށް އެންމެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުމަށް ރޯޑްމެޕެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަށްބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.
މިމަސައްކަތް ކުރުމަށް 22 ޑިސެމްބަރު 2022 ގައި ކުރެވުނު ފުރަތަމަ އިއުލާނަށް (ނަންބަރު (IUL)438-CCD/438/2022/540 ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވިއިރު އެއްވެސް ބީލަމެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލުކޮށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
މި މިސައްކަތާއި ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 15 ޖަނަވަރީ 2023 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) މެދުވެރިކޮށް 16 ޖަނަވަރީ 2023 ވަނަ ދުވަހު އެރުވޭނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީ-މެއިލް އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 22 ޖަނަވަރީ 2023 ވަނަ ދުވަހު 10:30 ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 22 ޖަނަވަރީ 2023 ވަނަ ދުވަހު 10:30 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 22nd January 2023 at 1030hrs – “Consultancy service for recruitment of Natinal consultants to develop a road map for creating the best enabling environment for a continuous data reporting and data sharing in the waste sector to support improving the transparency reporting process ” – (IUL)438-CCD/438/2023/22”
ޕްރޮކިއުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: procurement@environment.gov.mv
އީމެއިލް ކޮޕީ: climate@environment.gov.mv
ވެބްސައިޓް: www.environment.gov.mv
ހުށަހެޅީ؛
(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް)
ނޯޓް:
ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.