ނީލަން
ނަންބަރު: J3C-A/2023/01
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:57
ސުންގަޑި: 27 ޖަނަވަރީ 2023 09:00
ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ނީލަންކިޔުން

ނީލަންކިޔުން

    24 ޑިސެމްބަރު 2022 ވީ ހޮނިހިރު ދުވަހު މި ކޯޓުގައި ބޭއްވުނު ނީލަމުގައި ބައިވެރިކުރި ތަކެތީގެ ތެރެއިން އެ ދުވަހުގެ ނީލަމުގައި ނުވިކިހުރި ތަކެތި ދެވަނަ ފަހަރަށް ނީލަމުގެ އުޞޫލުން ނީލަންކިޔުން  27 ޖަނަވަރީ 2023 ވާ ހުކުރު ދުވަހުގެ ހެނދުނު 9:00 ގައި މި ކޯޓުގައި އޮންނާނެއެވެ. މި ތަކެތި ބަލަން ބޭނުންވާ ފަރާތްތަކުން، 24 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ކޯޓަށް ޙާޟިރުވުން އެދެމެވެ.  ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

       ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، 27 ޖަނަވަރީ 2023 ވާ ހުކުރު ދުވަހުގެ ހެނދުނު 9:00 އަށް މި ކޯޓަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

      ނީލަން ކާމިޔާބު ކުރާ ފަރާތުން  24 (ސައުވީސް) ގަޑިއިރު ތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެވުމަށްފަހު ތަކެތި 01 (އެކެއް) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

       މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

        20 ޖުމާދަލްއާޚިރާ 1444 ހ.

        12 ޖަނަވަރީ  2023 މ.

12 ޖަނަވަރީ 2023