ދިވެހިރާއްޖެ
އިޢުލާން
ސްކޭޓްޕާކް ވަގުތީ ގޮތުން ހުޅުވުން
ސްކޭޓްޕާކް ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދަ ވަނީ މި ކައުންސިލަށް ލިބިފައެވެ. ވީމާ 15 ޖަނަވަރީ 2023 ފެށިގެން ސްކޭޓްޕާކްގެ ބޭނުން ކުރެވޭނެ ވާހަކަ ދަންނަވަމެވެ. މި ވަގުތު ސްކޭޓްޕާކް ބޭނުން ކުރެވޭނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 06:00 ން އިރުއޮށްސި 06:00 ށް ކަމުގައި ދެންނެވީމެވެ.
ސްކޭޓްޕާކް ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން:
1- ނަމާދު ވަގުތުތަކުގައި ސްކޭޓްޕާކް ބޭނުން ނުކުރުން.
2- ސްކޭޓް ކުރާއިރު ސެފްޓީ އިކްއުޕަމަންޓް ބޭނުންކުރުމާއި ސްކޭޓް ކިޓާއެކުގައި ނޫނީ ޕާކް ތެރޭގައި ޙަރަކާތްތެރިނުވުން.
3- ތަނުގެ ސާފުތާޚިރުކަމަށް ސަމާލުކަންދީ ފައިވާނާއެކު ޕާކް ތެރެޔަށް ނުވަނުން.
4- ކޮންމެ ކުއްޖަކުވެސް މިތަނަކީ ތިމާގެ އަމިއްލަ ތަނެއްގެ ގޮތުގައި ދެކެ، ތަން ރީތިކުރުމަށާއި ތަރައްޤީ ކުރުމަށް ކުރެވޭ ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުން.
2 އިތުރުމަޢުލޫމާތު ސާފްކުރެއްވުމަށް ގުޅުއްވާނީ :
ފޯންނަމްބަރ : 6600005
މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.