ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)392-ADM/392/2023/2
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 09:12
ކޮޅުމަޑުލު ވޭމަންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކޮޅުމަޑުލު ވޭމަންޑޫއިން ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގު
ކޮޅުމަޑުލު ވޭމަންޑޫ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯއްޗެއް އަމިއްލަ ކުރުމަށް ދައްކަންޖެހޭ އަގު ކަނޑައެޅުމަށްޓަކައި ޤަވާޢިދު ނަމްބަރު: 2022/R-181 '' ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަގޯތި އަމިއްލަ ކުރުމާއި، ގަނެ ވިއްކުމާއިބެހޭ ޤަވާޢިދު '' ގެ 9 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން، ވޭމަންޑޫ ކައުންސިލްގެ 4 ވަނަ ދައުރުގެ 42 ވަނަ ޢާއްމު ބައްދަލުވުމުން ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށް އަގުނެގުމަށް ވަނީ ނިންމާފައެވެ.
v އެއްފަހަރާ ފައިސާދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 50.00 ރުފިޔާ.
v އެކި ފަހަރުމަތިން ފައިސާ ދައްކާ ޚަލާސްކުރާނަމަ އަކަފޫޓަކަށް 65.00 ރުފިޔާ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
12 ޖަނަވަރީ 2023