ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)G1- SM /2014/16
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 14 ޑިސެންބަރު 2014 15:00
ހިންނަވަރު ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

މި މަރުކަޒުގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހެކެވެ.

މަޤާމު

އެސިސްޓެންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރ

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ޑިވިޝަން/ ސެކްޝަން

އެޑްމިން

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޅ. ހިންނަވަރު ޞިއްޙީ މަރުކަޒު

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެކިއެކި ބޭނުންތަކުގައި ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރާ މީހުންނާއި ރިވެތިބަހުން ހިތްހެޔޮކަމާއެކު ބޭނުންވާ ޚިދުމަތެއް ފަހިކޮށްދިނުމަށް މަސައްކަތްކުރުން.
  2. ޞިއްޙީމަރުކަޒުގެ އޯ ޕީ ޑީ އޭރިއާގައި ޚިދުމަތްދެވޭ ބަލިމީހުންގެ ފައިލް ނުވަތަ ޞިއްޙީ މަރުކަޒުގެ ރެކޯޑުތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ބެލެހެއްޓުން.
  3. ޞިއްޙީ މަރުކަޒުގެ ނޯޓިސްބޯޑުގައި ޢާންމުންނަށް ފެންނާނޭހެން ބަހައްޓަންޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުމާއި، މުއްދަތު ހަމަވުމުން ނެގުމާއި އަދި އާކުރަންޖެހޭ ލިޔުންތައް އާކޮށް ބެލެހެއްޓުން.
  4. ޞިއްޙީމަރުކަޒުން އިމަރޖެންސީކޮށް މާލެފޮނުވަންޖެހޭ ބަލިމީހުންގެ ކަންތައްތައް ހަމަޖައްސައިދިނުން.
  5. ހުސްނުވާ އާސަންދައިގެ ދަށުން ބޭސްފަރުވާ ކުރަމުންގެންދާ ބަލިމީހުން އިމަރޖެންސީކޮށް ރިފަރކުރަން ޖެހިއްޖެނަމަ އެމީހެއްގެ ކަންތައްތައް ހުސްނުވާ އާސަންދައިގެ ޚިދުމަތްދޭ ފަރާތާ ގުޅައިގެން ހަމަޖެއްސުން.
  6. ފޯންކޯލްތަކަށް ރީތިބަހުން ޖަވާބުދާރީވުމާއި، ޚިދުމަތްތެރިގޮތެއްގައި ފޯނުގެ ޚިދުމަތް ފޯރުކޮށްދިނުން.
  7. ރިސެޕްޝަނިސްޓުން، އެޓެންޑެންޓުން، މަސައްކަތު މީހުންގެ ޑިޔުޓީ ރޯސްޓަރ ޞިއްޙީ މަރުކަޒު ހިންގުމާ ހަވާލުވެހުންނެވި ފަރާތެއްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް ބެލެހެއްޓުން.
  8. ޑޮކްޓަރުންގެ ޑިޔުޓީބޯޑު ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. ޞިއްޙީ މަރުކަޒުގެ ލައިޓްތައް ދިއްލޭތޯ ދުވަހުން ދުވަހަށް ބަލައި، މައްސަލައެއް ހުރިނަމަ އެކަމެއް ކަމާބެހޭ ފަރާތަށް ރިޕޯޓުކުރުން.
  10. ޞިއްޙީ މަރުކަޒުގެ ޚިދުމަތަށް އެދި އަންނަ މީހުންނަށް ދިމާވާ މައްސަލަތައް ދެނެގަނެ މައްސަލަތައް ޙައްލުކުރުން. އަދި ޙައްލުނުކުރެވޭ މައްސަލަތައް ލަސްނުކޮށް އިސްވެރިޔަކަށް އެންގުން.
  11. ކައުންޓަރުގައި ޑިޔުޓީކުރަން ޖެހިއްޖެ ޙާލަތެއްގައި ޑިޔުޓީކުރުން.
  12. ޑިޔުޓީގައި ދިމާވާ މުހިންމު ކަންތައްތައް ޞިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެހުންނަވާ ފަރާތަކަށް ވަގުތުން ވަގުތަށް ރިޕޯޓުކުރުން.
  13. ޞިއްޙީމަރުކަޒަށް އިތުރުކުރެވޭ ޢިމާރާތްތަކާއި، ޢިމާރާތްތަކަށް ގެނެވޭ ބަދަލުތަކުގެ އިންފްރާސްޓްރަކްޗަރ ކަންތައްތައް ބަލަހައްޓައި ސްޕަވައިޒްކުރުން.
  14. ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅުގެ ރަށްތަކަށްކުރާ ދަތުރުގައި ބައިވެރިވާންޖެހިއްޖެ ހިނދެއްގައި ބައިވެރިވެ ޙަރަކާތްތެރިވުން.

މަޤާމުގެ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ޢިނާޔަތްތައް

އިތުރުގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން ބަންދުދުވަހުގެ އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ފޯމު ޅ. ހިންނަވަރު ޞިއްޙީމަރުކަޒު އޮފީހުގެ ރަސްމީގަޑީގައާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.) މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  7. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ނުވަތަ އެކްރެޑިޓް ކޮށްދޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން)
  8. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  9. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ސުންގަޑި

މިމަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ ތާރީޚަކީ 14  ޑިސެންބަރު 2014 ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ފޯމާއި ތަކެތި ބަލައިގަންނާނީ  ޅ. ހިންނަވަރު ޞިއްޙީމަރުކަޒުންނެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

  1. މިމަޤާމަށް ކުރިމަތިލާ މީހުންނާއި އިންޓަރވިއު ކުރެވޭނީ ޅ. ހިންނަވަރު ޞިއްޙީމަރުކަޒުގައެވެ.
  2. މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރިޚުން ފެށިގެން 02 ހަފްތާގެ ތެރޭގައެވެ.

ނޯޓް: މިވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6620216 އެވެ. ވަޒީފާއަށް އެދޭ ފޯމު ޅ. ހިންނަވަރު ޞިއްޙީމަރުކަޒު އޮފީހުގެ ރަސްމީގަޑީގައާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

12 ޞަފަރު 1436

04 ޑިސެންބަރު 2014