ދިވެހިރާއްޖެ
މަޤާމު |
ޑިރެކްޓަރ |
ރޭންކް/ކްލެސިފިކޭޝަން |
ޑިރެކްޓަރ /EX 1 |
ސަރވިސް |
އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓަރސް |
ޑިޕާޓްމަންޓް / ސެކްޝަން |
ޑިޒާސްޓަރ ޕްރިޕެއާރޑްނަސް އެންޑް ރިސްކް ރިޑަކްޝަން |
ބޭނުންވާ އަދަދު |
1 |
މުސާރަ |
-/8835 ރުފިޔާ |
ސަރވިސް އެލަވަންސް |
-/2000 ރުފިޔާ |
އެހެނިހެން އެލަވަންސާއި އުޖޫރަ |
ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ތަޢުލީމާއި ތަޖުރިބާ |
އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު |
1- މިސެންޓަރުގެ ޑިރެކްޓަރުގެ ހައިސިއްޔަތުން ޑިޒާސްޓަރ ޕްރިޕެއާރޑްނަސް އެންޑް ރިސްކް ރިޑަކްޝަން ސެކްޝަންގެ ހިންގުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން މުވައްޒަފުންގެ ކަންކަން ބެލެހެއްޓުން. 2- ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާތަކަށް ތައްޔާރުވުމަށްޓަކައި މިސެންޓަރުން ހިންގާ އެންމެހާ ޕްރޮގްރާމްތައް ވެރިންގެ އިރުޝާދާ އެއްގޮތަށް ރާވައި ހިންގައި ބެލެހެއްޓުން. 3- މިދާއިރާގެ ޕްލޭންތަކާއި، އޮނިގަނޑުތަކާއި، ގައިޑްލައިންތައް ތައްޔާރުކުރުމާއި، ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސާތަކަށް ތައްޔާރުވެ ތިބުމަށް އަޅާނެ ފިޔަވަޅުތައް އެކުލަވާލުން. |
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން |
15 ޑިސެންބަރު 2014 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް |
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: |
1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ). 2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). 3- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ. 4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓުފިކެޓުތަކުގެ ކޮޕީ). 5- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް. 6- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
- ލިބިފައިވާ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ - މަސައްކަތުގެ އަޚުލާޤު - މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް - ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މަޢުލޫމާތު، ލިޔުމުންނާއި އަނގަބަހުން އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު. |
އިންޓަރވިއު ކުރުން |
މިމަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއުއާއި، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނާނީ 2014 ޑިސެންބަރު 18 އާއި 31 އާ ދެމެދު މިސެންޓަރުގައެވެ. އަދި އިންޓަރވިއު އޮންނަ ތާރީޚުގެ 3 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ. ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރާނީ ޝޯޓްލިސްޓް ކުރެވުނު 10 ފަރާތާއެވެ. |
މަސައްކަތް ކުރަންޖެހޭ ތަން |
މި މަޤާމުތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުން ޢާންމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ. |
އިތުރު މަޢުލޫމާތު |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333416 ނަންބަރު ފޯނާއެވެ. |
10 ޞަފަރު 1436