ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ފޮޅާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
https://forms.office.com/r/jqa821ff0Y ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް، 24 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިންނެވެ. ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ. |
ސައިޓް ސާވޭ/ ޕްރީބިޑް މީޓިންގ |
25 ޖަނަވަރީ 2023 ވާ އަންގާރަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި |
ބީލަން ހުށަހެޅުމާއި ހުޅުވަންވީ
|
29 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ އަދި ސައިޓް ސާވޭ/ ޕްރީބިޑް މީޓިންގ އަށް އަންނަ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |