ބީލަން
ނަންބަރު: (IUL)14-PR/1/2023/3
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 10:27
ސުންގަޑި: 29 ޖަނަވަރީ 2023 14:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސް އޮފިސަރުންގެ އެކްޓިވިޓީ ޓީޝާޓްއާއި އެކު ބޭނުންކުރާ ޝޯލް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، ކަސްޓަމްސް އޮފިސަރުންގެ އެކްޓިވިޓީ ޓީޝާޓްއާއި އެކު ބޭނުންކުރާ ޝޯލް ތައްޔާރުކޮށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިއިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތުގެމަތިން މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 29 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށާއި މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރުމަށް އޮންނަ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ (procurement@customs.gov.mv) އީމެއިލްއަށް  29 ޖަނަވަރީ 2023 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334272 ފޯނަށް ގުޅުއްވުން އެދެމެވެ.

23 ޖަނަވަރީ 2023