ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2023/5
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 30 ޖަނަވަރީ 2023 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކ.ތުލުސްދޫން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ޑްރާފްޓަށް އާއްމުންގެ ޚިޔާލަށް ހުޅުވާލުން

               މިހާރު ޢަމަލުކުރުމަށް ފާސްކުރެވިފައިވާ ކ. ތުލުސްދޫ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުގެމަތީން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 85 ގޯތި ދިނުމުގައި ޢަމަލުކުރާނެގޮތުގެ ޑްރާފްޓް އުޞޫލު މިއިޢުލާނާއިއެކު ޢާއްމުކުރަމެވެ.

               ވީމާ، މިއުޞޫލަށް ޚިޔާލު ހުށަހަޅުއްވަން ބޭނުންފުޅުވާ އެންމެހާ ފަރާތްތަކުން ޚިޔާލު ހުށަހަޅަން ބޭނުންވާ ކަމެއްގެ ތަފްޞީލް ބަޔާންކޮށް މެއިލް ނުވަތަ ސިޓީއަކުން ނުވަތަ ލިއުމުން 2023 ޖަނަވަރީ 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

              ޚިޔާލު ހުށަހަޅުއްވާނީ info@thulusdhoo.gov.mv  މެއިލްއަށެވެ.

              މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

23 ޖަނަވަރީ 2023