ނީލަން
ނަންބަރު: (IUL)222/PRIV/2023/2
ޕަބްލިޝްކުރި ތާރީޚް: 23 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 31 ޖަނަވަރީ 2023 10:00
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
މި އޮފީހުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

މި އޮފީހުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށް ކުރެވުނު ނަންބަރު (IUL)222/PRIV/2023/1 އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ލިބިފައި ނުވާތީ އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުން ޗާނދަނީ މަގުގައި ހުންނަ ޤައުމީ ދާރުލްއާސާރުގެ ގްރައުންޑް ފްލޯގައި 2023 ޖަނަވަރީ 31 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އޮންނާނެއެވެ. މި ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން، 2023 ޖަނަވަރި 30 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ޤައުމީ ދާރުލް އާސާރުގެ ގްރައުންޑް ފްލޯއަށް ޙާޟިރުވެ ވަޑައިގެންނެވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން، 2023 ޖަނަވަރީ 31ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ޤައުމީ ދާރުލްއާސާރުގެ ގްރައުންޑް ފްލޯއަށް ޙާޟިރުވެވަޑައިގެން، ނީލަމުގައި ބައިވެރިވެ ވަޑައިގެންނެވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންދަވާ ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރެއްވުމަށްފަހު އެތަކެތި ނުގެންދަވާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރިވެ ވަޑައިގެންނެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

01 ރަޖަބު 1444

23 ޖަނަވަރީ 2023