ކުއްޔަށް ހިފުން
ނަންބަރު: (IUL) 425-CB/1/2014/231
ޕަބްލިޝްކުރި ތާރީޚް: 04 ޑިސެންބަރު 2014
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 18 ޑިސެންބަރު 2014 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކްސްކަވޭޓަރ ކުއްޔަށް ހިފުން

200 ގެ 02 އެކްސްކަވޭޓަރ ކުއްޔަށް ހިފުން      

މިއިދާރާގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަނުގެ ކުނީގެ މަސައްކަތުގައި ބޭނުންކުރުމަށް 02 އެކްސްކަވޭޓަރ ކުއްޔަށް ހިފުމަށް ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ, ތިރީގައި މިދަންނަވާ ގަޑިތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަގު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތާރީޚު

ގަޑި

ދުވަސް

ތަން

މަޢުލޫމާތު ސާފުކުރެއްވުމަށް

18 ޑިސެންބަރު 2014

14:00

ބުރާސްފަތި

މާލޭ ސިޓީ ހޯލް

އަގު ހުށަހެޅުއްވުމަށް

24 ޑިސެންބަރު 2014

11:30

ބުދަ

މާލޭ ސިޓީ ހޯލް

އަގު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައެއްނުގަނެވޭނެއެވެ.

12 ޞަފަރު 1436

04 ޑިސެންބަރު 2014