ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)303-MSS/303/2023/06
ޕަބްލިޝްކުރި ތާރީޚް: 29 ޖަނަވަރީ 2023
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 15 ފެބުރުވަރީ 2023 12:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުނގޫފާރުގައި ނިޔަމިކޯސް 2 ގެ ބުރެއް ހިންގުމާއިގުޅޭ

`

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

         އުނގޫފާރު، ދިވެހިރާއްޖެ                      

                                                                  ނަމްބަރ: IUL-303-MIS/303/2023/06   

އިޢުލާން

އުނގޫފާރުގައި ނިޔަމިކޯސް 2 ގެ ބުރެއް ހިންގުމާއިގުޅޭ

                   އުނގޫފާރު ކައުންސިލް އިދާރާއާއި އެކަޑަމީ އޮފް އިންޓަނޭޝަނަލް މެރިޓައިމް އެންޑް މެނޭޖްމަންޓް އާއި ގުޅިގެން އަންނަ ފެބްރުއަރީ މަހުގެ 16 އިން 19 އަށް 4 ދުވަހުގެ މުއްދަތަށް އުނގޫފާރުގައި ނިޔަމިކޯސް 2 ގެ ބުރެއް ބޭއްވުމަށް މިހާރު މަސައްކަތް ކުރެވެމުންދާތީ މިކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަދުވެގެން 20 ބައިވެރިން ބައިވެރިވާނަމައެވެ. މިކޯސް ހިންގުމުގައި ކޯހުގެފީ ކަނޑައެޅިފައިވަނީ ކޯހުގައި ބައިވެރިވާ ބައިވެރިންގެ ޢަދަދަށް ބަލައިގެން ކަމަށްވާތީ ، ކޯހުގައި ބައިވެރިވާ ބައިވެރިންނަށް ބަލާ ކަނޑައަޅާފައިވާ އަގުތައް ތިރީގައި ބަޔާންކުރެވިފައިވާނެ ވާހަކަ ދެންނެވީމެވެ.

1 – ކޯހުގެ ބައިވެރިންގެ ޢަދަދު 30 އަށް އަރާނަމަ ކޮންމެ ބައިވެރިއަކު ދައްކަންޖެހޭ ކޯހުގެ ފީއަކީ -/1،500 ރުފިޔާ.

2 -  ކޯހުގެ ބައިވެރިންގެ ޢަދަދު 20 ނުވަތަ 25 އަށް އަރާނަމަ ކޮންމެ ބައިވެރިއަކު ދައްކަންޖެހޭ ކޯހުގެ ފީއަކީ -/1،800 ރުފިޔާ

3 -  ކޯހުގެ ބައިވެރިންގެ ޢަދަދު 20 އާއި 15 އާއި ދެމެދުގެ ޢަދަދަށް އަރާނަމަ ކޮންމެ ބައިވެރިއަކު ދައްކަންޖެހޭ ކޯހުގެ ފީއަކީ -/2،000 ރުފިޔާ.

     ވީމާ ، މިކޯހުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން މިކައުންސިލްގެ އ. ކައުންސިލް އޮފިސަރ މުޙައްމަދު ވަސީމް 7749874 އާއި ގުޅުއްވައިގެން ނަން ނޯޓުކުރުމަށް ދަންނަވަމެވެ.

     04 ރަޖަބް 1444

     26 ޖަނަވަރީ 2023

 

29 ޖަނަވަރީ 2023