ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PRO/388/2023/10
ޕަބްލިޝްކުރި ތާރީޚް: 01 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 08:12
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 73 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 73

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

1 ފެބްރުއަރީ 2023

ބައްދަލުވުން ބޭއްވި ގަޑި:

8:52

 

ނިންމުންތައް

  1. ރަމަޟާންމަހަށް މިސްކިތްތައް އާބާތުރަ ފިލުވުމުގެ ގޮތުން މިސްކިތްތަކަށް ބޭނުންވާ ފްލޯރިން ހޯދުމަށް އެހީދޭ ފަރާތްތަކަށް ސިޓީ ފޮނުވުމަށާއި މިސްކިތްތަކުގައި ކުރަންހުރި މަރާމާތުތައް ދެނެގަނެ އެމަރާމާތުތައް އެންމެ އަވަހަކަށް ކުރިޔައްގެންދިއުމަށް ނިންމުނު.
  2. ބެލެނިވެރިންގެ ދުވަސް ފާހަގަކުރުމާއިގުޅޭގޮތުން ވަންދޫ ސްކޫލުން ފޮނުވާފައިވާ ސިޓީގައިވާ ގޮތުގެމަތީން ދުވަސްފާހަގަކުރުމުގައި ބައިވެރިވުމަށާއި ހޭދަވާ ފައިސާ ކައުންސިލްގެ ބަޖެޓުން ހަރަދުކުރުމަށް ނިންމައި 1 ފެބްރުއަރީ 2023 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ސިޓީއަކުން ޖަވާބު ފޮނުވުމަށް ނިންމުނު.              
01 ފެބުރުވަރީ 2023