ދިވެހިރާއްޖެ
ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިއަށްގެންދާ 'އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' ޕްރޮޖެކްޓްގެ ދަށުން އައްޑޫ ސިޓީގެ ހިދަތޫގައި ގާއިމްކުރާ ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ މަރުކަޒަށް ބޭނުންވާ އިކުއިޕްމަންޓް ގަނެ ފޯރުކޮއްދިނުމުގެ މަސައްކަތުގެ ބީލަމަށް ޙަވާލާދީ ދަންނަވަމެވެ.
އިސްވެދެންނެވުނު ބީލަމުގެ ޕްރީ ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައިވަނީ 06 ފެބްރުވަރީ 2023 ވާ ހޯމަ ދުވަހުއެވެ. ނަމަވެސް، 06 ފެބްރުވަރީ 2023 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަނޑައަޅުއްވާފައިވާތީވެ، މި މަސައްކަތުގެ ޕްރީ ބިޑް މީޓިންގ 09 ފެބްރުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 1330އަށް ބަދަލުކުރެވިފައިވާ ވަހަކަ ދެންނެވީމެވެ.