ދިވެހިރާއްޖެ
ނީލަން ކިޔުމާއި ގުޅޭ
ހޯރަފުށީ ކައުންސިލްގެ އިދާރާގައާއި ހޯރަފުށީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި އެހެނިހެން އިމާރާތްތަކުގައި ބޭނުންކޮށް ބައުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ހޯރަފުށީ ކައުންސިލްގެ ނަންބަރު: 2023/09 (09 ފެބުރުއަރީ 2023) ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.
ވީމާ، މިނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- ނީލަން ކިޔުމަށް ހަމަޖެހިގައިވާ ތަން: ހއ.ހޯރަފުށީ ފްރީޝިއާގޭގެ އިރުން އިންނަ ހޯރަފުށީ ކައުންސިލްގެ އިދާރާގެ ގަރާޖު ޢިމާރާތުގެތެރޭ.
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2023 ފެބުރުއަރީ 18 (ހޮނިހިރު) 16:30 ގައި
- ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
- ނީލަމުގައި ހިމެނޭ ތަކެތީގެ ތަފްސީލް:
# |
ތަފްސީލް |
ޢަދަދު |
1 |
އެސްލޯންހޮޅި (ހައިޑްރޮފޯނިކްސް ސިސްޓަމްގައި ބޭނުންކޮށްފައި ހުރި) |
116 |
2 |
ކަޅުހަން 300 ލިޓަރ |
1 |
3 |
ޕްލާސްޓިކް ޓްރަފް ރޯލް (ކަޅު) |
30 |
4 |
އެލްމިނިއަމް ދޮރު (ދެދޮރުފަތުގެ) |
7 |
5 |
ފޮގް ފޭން |
1 |
6 |
އެލްމިނިއަމް ދޮރުކަނި (3 ތޭރީގެ) |
1 |
7 |
އެއަރ ކޮންޑިޝަން ފުލްޔުނިޓް 24000 ބީ.ޓީ.ޔޫ (އިންޑޯ އަދި އައުޓް ޑޯ) |
7 |
8 |
އެއަރ ކޮންޑިޝަން އިންޑޯ ޔުނިޓް 24000 ބީ.ޓީ.ޔޫ |
1 |
9 |
ކާށި (ބަނދަރު ރުއްތަކުން އަޅާފައި ހުރި) |
270 |
މިނީލަމުގައި ބައިވެރިވެ ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑު ގެންނަންވާނެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިން ނީލަމުގައި ބައިވެރިވެ ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނީލަން އޮންނަ ސަރަޙައްދަށް ވަޑައިގެން ދެއްވުމަކީ ހޯރަފުށީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ 18:00 ގެ ކުރިން ހޯރަފުށީ ކައުންސިލްއަށް ދުރުވެ ފައިސާ ދެއްކެވުމަށްފަހު އެދުވަހުގެ 20:00 ކުރިން ތަކެތި ގެންގޮސް ތަންސާފުކުރަންވާނެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
19 ރަޖަބް 1444
11 ފެބުރުއަރީ 2023