ވަޒީފާގެ ފުރުޞަތު
ނަންބަރު: (9)280-AHR/INDIV/2023/1
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 21 ފެބުރުވަރީ 2023 13:00
މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ޅައިމަގު ކައުންސިލުން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުން

ށ. ޅައިމަގު ކައުންސިލުން ހިންގާ ޕްރޮގްރާމްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުން

މަޤާމް:

 ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތިއާއި މުއްދަތު:

ވަގުތީ (އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2023 ޑިސެމްބަރ 31 ވަނަ ދުވަހުގެ ނިޔަލަށް)

ވަޒީފާ އަދާކުރަން ޖެހޭތަން:

ށ. ޅައިމަގު ކައުންސިލްގެ އިދާރާ (ށ. ޅައިމަގު)

 

 

މަސައްކަތުގެ އުޖޫރަ އާއި ޝަރުޠު

މަޤާމް/ޝަރުޠު

އުޖޫރަ

1-      ލިޔަންކިޔަން ދަތުމާއިއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުން

މަސައްކަތްކުރާ ގަޑިއަކަށް39.40ރުފިޔާ

ސަރުކާރުގެ އުޞޫލުތަކާއެއްގޮތަށް ރަމަޟާންމަހުގެ ޢިނާޔަތް

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ބަލަހައްޓާ އިޖުތިމާޢީ ސަރަޙައްދުތަކާއި ބަނދަރުގައި ހުރި މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން.
  2. ކައުންސިލުން ބަލަހައްޓާ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކުރާ މުވައްޒަފުންނާއެކު އެ މަސައްކަތުގައި ބައިވެރިވެ އެ މަސައްކަތް ކުރުން.
  3. ޤަބުރުސްތާނުގައި ޖަހާފައިވާ ލައިޓްތަކާއި، ކަރަންޓް ވިއުގަރ މަރާމާތުކޮށް ބެލެއްޓުން.
  4. ކައުންސިލުން ބަލަހައްޓަމުންގެންދާ ބަނދަރު ފެނުގެ ނިޒާމްގެ މަސައްކަތާއި، އަދި އިލެކްޓްރިކާއި ގުޅޭ އެންމެހާކަންކަން ބެލެހެއްޓުން.
  5. ފުޓްސަލްދަނޑުގެ ކަރަންޓް ވިއުގަ އާއި އިލެކްޓްރިކާގުޅޭ އެންމެހާ މަސައްކަތް ކުރުން.
  6. އިތުރުކުރަންޖެހޭ މަގުބައްތިތައް އިތުރުކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  7. މަގުބައްތީގެ އަނދާ ލައިޓްތަކާއި، ސެންސަރުތައް ދެނެގަނެ އެތަކެތި ބަދަލުކުރުން.
  8. ކައުންސިލުން ބަލަހައްޓަމުންގެންދާ ޢިމާރާތްތަކާއި ތަންތަނުގައި ހުރި ލައިޓްތަކާއި ސެންސަރުތައް ބަދަލުކުރަންޖެހޭ ޙާލަތްތަކުގައި އެތަކެތި ބަދަލުކޮށް އިލެކްޓްރިކާ ބެހޭ ކަންކަން މަރާމާތުކޮށް ބެލެހެއްޓުން މަރާމާތުކޮށް ބެލެހެއްޓުން
  9. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  10. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

 

 

 

ހުށަހަޅަންޖެހޭ ލިއުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށްއެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރު ހިމެނޭގޮތަށް)
  3. ވަޒީފާއަށްއެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިއުންތައް އަދި ލިއެފައިވާ ލިއުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް. ނުވަތަ އައިޑީކާޑު ނެތްނަމަ، އުފަންދުވަހުގެ ސާފު ކޮޕީއެއް ނުވަތަ ޕާސްޕޯޓް/ޑްރައިވިން ލައިސަންސްގެ ސާފުކޮޕީއެއް
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ސާފު ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާގެ ލިއުންތަކުގެ ސާފު ކޮޕީ.

ވަޒިފާއަށް އެންމެ ޤާބިލް ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ލިބިފައިވާ ތަޢުލީމާއި ތަމްރީން.
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

21 ފެބުރުވަރީ 2023 ވާ އަންގާރަ ދުވަހުގެ  މެންދުރު 13:00 ގެ ކުރިން ށ. ޅައިމަގު ކައުންސިލުގެ އިދާރާއަށް ފޯމު ހުށަހެޅުއްވުންއެދެމެވެ. ފޯމް މެއިލް ކުރާނަމަ މެއިލް ކުރާނީ info@lhaimagu.gov.mv  މެއިލް އެޑްރެހަށެވެ. މެއިލްގެ ޒަރިއްޔާއިން ފޮނުވާ ފޯމްތައް ސުންގަޑި ހަމަވުމުގެ ކުރިން ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

އިންޓަވިއު އޮންނާނޭތަނާ މުއްދަތު

މިމަޤާމަށް މީހުން ހޮވުމަށްބޭއްވޭ އިންޓަވިއު އޮންނާނީ 2023 ފެބުރުވަރީ 22 އާއި 2023 ފެބުރުވަރީ 28 އާއި ދެމެދު ށ. ޅައިމަގު ކައުންސިލުގެ އިދާރާގައެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން ކަނޑައެޅިފައިވާ ތާރީޚުގައި އިންޓަވިއުއަށް ޙާޒިރުވުމަށް ތައްޔާރުވުން އެދެމެވެ.

އިތުރު މައުލޫމާތު

މިއިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީގަޑީގައި 6540051 ނަންބަރު ފޯނަށެވެ. މެއިލްކުރާނަމަ މެއިލްކުރާނީ info@lhaimagu.gov.mv   މެއިލް އެޑްރެހަށެވެ.

12 ފެބުރުވަރީ 2023