މަސައްކަތް
ނަންބަރު: IUL-303-MSS-303-2023-08
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 20 ފެބުރުވަރީ 2023 10:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިއަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް 1 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

   `

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

        އުނގޫފާރު، ދިވެހިރާއްޖެ                       

                                                                  ނަންބަރު:IUL-303-MSS-303-2023-08  

އިޢުލާން

 

މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިއަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް 1 އަހަރު ދުވަހުގެ މުއްދަތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

               މިކައުންސިލުން ހިންގަމުންދާ ރައްޔިތުންގެ ވިޔަފާރިއަށް ބޭނުންވާ ޑީސަލާއި ޕެޓްރޯލް ސަޕްލައިކޮށްދިނުމަށް އެދޭފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 20 ފެބުރުވަރީ 2023ވާ ހޯމަ ދުވަހުގެ 10:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 23 ފެބުވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ރައްޔިތުންގެ ވިޔަފާރިއަށް ޑީސަލާއި ޕެޓްރޯލް ސަޕްލައިކޮށްދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.                       

ތިރީގައި އެވަނީ  ރައްޔިތުންގެ ވިޔަފާރިއަށް ޑީސަލާއި ޕެޓްރޯލް ސަޕްލައިކުރުމުގެ މަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1. ޑީސަލާއި ޕެޓްރޯލް ސަޕްލައިކޮށްދިނުމަށް ހުށަހަޅާ އަގަށް (އަށްޑި ފަސްމާކުސް)         
  2. ތަޖުރިބާ ފަންނީ ގާބިލްކަމަށް  (ފަސްމާކުސް)
  3. މާލީތަނަވަސް ކަމަށް       (ދިހަމާކުސް)

              ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

              21 ރަޖަބް  1444     

             12 ފެބުރުވަރީ  2023  

 

 

12 ފެބުރުވަރީ 2023