މަސައްކަތް
ނަންބަރު: (IUL)384-A/2023/05
ޕަބްލިޝްކުރި ތާރީޚް: 12 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:35
ސުންގަޑި: 16 ފެބުރުވަރީ 2023 11:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް ޞާބިރީން މިސްކިތް މަރާމާތު ކުރުން

       މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިރަށު މަސްޖިދުލް ޞާބިރީން މިސްކިތް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

                         ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ފެބުރުވަރީ 2023ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު  info@madifushi.gov.mv އަށް  އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މަޢުލޫމާތު ޝީޓް އަދި ރަޖިސްޓްރޭޝަން ފޯރމް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. ނުވަތަ މަތީގައިވާ ތާރީޚްގެ ކުރިން ރަސްމީ ގަޑީގައި މިކައުންސިލަށް ޙާޟިރުވެ ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު ހުށަހެޅުއްވުން އެދެމެވެ.

                         މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވާ ތާރީޚް

އަންދާސީހިސާބު ހުށަހެޅުމަށް

16 ފެބުރުވަރީ 2023 ބުރާސްފަތި ދުވަހުގެ 11.00 ގެ ކުރިން

21 ފެބުރުވަރީ 2023ވާ އަންގާރަ ދުވަހު 11.00އަށް

                         އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. މެއިލް މެދުވެރިކޮށް ރަޖިސްޓްރީ ފޯރމް ހުށަހަޅުއްވާ ފަރާތްތަކުން މެއިލް ލިބުނުކަން ކަށަވަރު ކުރަންވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6780034 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

                        މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

12 ފެބުރުވަރީ 2023