ދިވެހިރާއްޖެ
އޮޅުވެލިފުށީ ސުކޫލު
ޅ.އޮޅުވެލިފުށި
ދިވެހިރާއްޖެ
ނަންބަރު: GS140/I/2023/04
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މި ސްކޫލުންދޭ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
މި ސްކޫލުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނިފޯރމް ތައްޔާރުކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއައް އޮތް 2 އަހަރަށް، ވިޔަފާރި ޢުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މި ސްކޫލަށް ވަޑައިގެން ނަން ނޯޓްކޮށް، ބީލަން ހުށަހެޅުއްވުން އެދެމެވެ.
ތާރީޚް |
ތަފްޞީލް |
ގަޑި |
ތަން |
14 ފެބްރުވަރީ 2023 ން 21 ފެބްރުވަރީ 2023 އަށް |
ބީލަން ހުށަހެޅުމަށް ރަޖީސްޓްރީ ކުރުން |
ހެނދުނު 9:00 ން މެންދުރު 13:00 އަށް |
ޅ.އޮޅުވެލިފުށި ސްކޫލް |
23 ފެބްރުވަރީ 2023 (ބުރާސްފަތި) |
އަންދާސީ ހިސާބު ހުށަހެޅުން |
ހެނދުނު 11:00 |
ޅ.އޮޅުވެލިފުށި ސްކޫލް |
މި ޚިދުމަތައް އެދި ބީލަން ހުށައެޅޭނީ،ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ބީލަމުގައި ބައިވެރިވެވޭނީ ނަން ނޯޓް ކުރުމަށް ދެވިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ. ނަން ނޯޓް ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.
ނަންނޯޓްކުރުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި ނަންނޯޓް ކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން އޮޅުވެލިފުށި ސްކޫލުގެ ގެ ނަންބަރު 6620832 ފޯނަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. އީމެއިލް އެޑްރެސްއަކީ admin@olhuvelifushischool.edu.mv އެވެ. އަދި މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.