ދިވެހިރާއްޖެ
ނަންބަރު: P7C/PR-2023/2
އިޢުލާން
ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ ހައުސްކީޕަރ މަޤާމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން އެކަށީގެން ވާ މިންވަރަށް މީހުން ކުރިމަތި ލާފައި ނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ޢިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް ކޮނޑޭ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 26 ފެބްރުއަރީ 2023 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކޮނޑޭ ކޯޓަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމަށް ކުރިމަތިލަނީ އަމިއްލަ ވިޔަފާރި، ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނަމަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، އައިޑީކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މަޢުލޫމާތު ސާފްކުރަން އެހެން ފަރާތެއް ޙާޟިރުވާނަމަ އެކަން އަންގައިދޭ ސިޓީއަކާއި ޙާޟިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރި ނުވާ ފަރާތްތަކަށާއި ގަޑިޖެހިގެން ޙާޟިރު ވާ ފަރާތްތަކަށް ފުރުޞަތު ނޯންނާނެއެވެ.
15 ފެބްރުއަރީ 2023