ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)267/267/2023/12
ޕަބްލިޝްކުރި ތާރީޚް: 16 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 13:38
ސުންގަޑި: 16 މާރިޗު 2023 00:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކާއި ގޯތިތަކަށްވާ މަގުފަޅި ސާފުކުރުން.

ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކާއި ގޯތިތަކަށްވާ މަގުފަޅި ސާފުނުކޮށް ހުރުމުގެ ސަބަބުން ޢާންމުންނަށާއި،ދުއްވާއެއްޗެހި ދުއްވާ ފަރާތްތަކަށް އުނދަގޫވަމުންއަންނަ ކަމުގެ ޝަކުވާތައް މިކައުންސިލަށް ތަކުރާރުކޮށް އަންނަނީ  ހުށަހެޅެމުންނެވެ.       

                 ވީމާ، މީހުން ދިރިއުޅުމަށް ދޫކުރެވިފައިވާ ބަންޑާރަ ގޯތިތަކާއި އަލަށް ދޫކުރެވިފައިވާ ގޯތިތަކުގެ މަގުފަޅި، އެގޯތިތަކުގެ ވެރިން 16 މާރޗް 2023 ގެ ކުރިން ސާފުކުރުމަށް އަންގަމެވެ. އަދި ތަރިކައިގެ ގޮތުގައި ވަކި ގޮތެއްނުނިމިހުރި ބަންޑާރަ ގޯތިތަކުގެ ވާރިޘުންވެސް އެ ގޯތިތަކާއި ގޯތިތަކުގެ މަގުފަޅި ސާފުކޮށް ބެލެހެއްޓުމައް މިކައުންސިލުން އަންގަމެވެ.

                 ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

16 ފެބުރުވަރީ 2023