ދިވެހިރާއްޖެ
މި އޮފީހުގައި ބޭނުންކުރަމުންދާ Creative Cloud CorelDraw Graphic Suite, އަދި Acrobat Standard DC ސޮފްޓްވެއަރގެ ލައިސަންސް އައު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ފަަދައިން މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 07 މާރިޗު 2023 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކަސްޓަމްސް ހެޑްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް އެކަންޏެވެ.
ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ މެއިލް (procurement@customs.gov.mv) އަށް 28 ފެބްރުވަރީ 2023 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334272 ފޯނަށް ގުޅުއްވުން އެދެމެވެ.