ދިވެހިރާއްޖެ
1444 ވަނަ އަހަރު ރަމަޟާން މަހުގައި ބޭއްވުމަށް ނިންމާފައިވާ ޤުރުއާން މުބާރާތް ކުރިޔަށް ގެންގޮސްދޭނެ ޖަމިއްޔާއެއް ހޯދަން ބޭނުންވެއްޖެ
މިހިނގާ 1444 ވަނަ އަހަރުގެ ރަމަޟާން މަހު ގދ.ފިޔޯރީގައި ޤުރުއާން މުބާރާތެއް ބޭއްވުމަށް ކުރި އިޢުލާނާއި ގުޅިގެން ދެވިފައިވާ މައުލޫމާތަކަށް ބަދަލު އައިސްފައިވާތީ އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކަށް ބާއްވާ މައުލޫމާތް ދިނުމުގެ ސެޝަން 21 ފެބްރުއަރީ 2023 ވާ އަންގާރުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމަގައި އޮންނާނެއެވެ. މި އިދާރާއާއި ގުޅިގެން މިމުބާރާތް ހިންގާނެ ގޮތުގެ ޕްރޮޕޯސަލް، 23 ފެބުރުއަރީ 2023 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 14:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ. މިކަމާއިގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް 9154339 ނަންބަރަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
25 ރަޖަބު 1444
16 ފެބްރުއަރީ 2023