ދިވެހިރާއްޖެ
އިދާރާއަށް ބޭނުންވާ ފަރުނީޗަރ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ
ގދ. ފިޔޯރީ ކައުންސިލުގެ އިދާރާއަށް ބޭނުންވާ ފަރުނީޗަރ ސަޕުލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބު ނުލިބުމާއި ގުޅިގެން ކުރީގެ އިޢުލާން (ނަންބަރު: (IUL)422-B1/422/2023/7) ބަޠިލް ކުރުމަށް ފަހު އަލުން އިޢުލާން ކުރަމެވެ.
ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 23 ފެބުރުއަރީ 2023 ވާ ބްރާސްފަތި ދުވަހުގެ 13:00 ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (projects@fiyori.gov.mv) އެއްކަރުދާސް ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯރމް ފުރުއްވުމައްފަހު އީމެއިލް ކޮށްދެއްވުނެ އެދެމެވެ. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް މި މަސައްކަތާއި ގުޅޭ ލިޔެކިއުންތައް، ރަޖިސްޓްރީ މުއްދަތް ހަމަވުމުން ރަޖިސްޓްރީ ކުރި ހުރިހާ ފަރާތްތަކަށް މެއިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 28 ފެބުރުއަރީ 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 1 މާރޗް 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 2 މާރޗް 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
އިތުރު މަޢުލޫމާތު
- ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
- ފޯން: 4002625
- އީމެއިލް: projects@fiyori.gov.mv
ވީމާ، މިކަން ޢާއްމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ.
25 ރަޖަބް 1444
16 ފެބްރުއަރީ 2023