ނީލަން
ނަންބަރު: (IUL)FMHC/2023/02
ޕަބްލިޝްކުރި ތާރީޚް: 20 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 01 ފެބުރުވަރީ 2023 00:00
ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒު، ގދ. ފަރެސްމާތޮޑާ
ދިވެހިރާއްޖެ
ނީލަން ކިއުމާއި ގުޅޭ

     ފަރެސްމާތޮޑާ ސިއްޙީމަރުކަޒުގައި ބޭނުންކޮށް ބާވެފައިވާ ބައެއް ތަކެތި ނީލަންކިޔުން 2023 މާރޗް 01 ވާ ބުދަ ދުވަހުގެ ހަވީރު 16:30 ގައި ފަރެސްމާތޮޑާ ސިއްހީމަރުކަޒުގައި އޮންނާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހު ނީލަމުގެ އުޞޫލުން  އައިޓަމްތައް ގުރޫޕް ކޮށްގެންނެވެ. ނީލަމުގައި ހިމެނޭތަކެތީގެ މަޢުލޫމާތާއި އިތުރު ތަފްސީލް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

     ވީމާ، މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 މާރޗް 01 ވާ ބުދަ ދުވަހު 16:30 އަށް އައިޑީކާޑާއެކު ފަރެސްމާތޮޑާ ސިއްހީމަރުކަޒަށް ޙާޟިރުވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 2023 މާރޗް 03 ދުވަހުގެ ރޭ 20:00 ގެ ކުރިން ފަރެސްމާތޮޑާ ސިއްޙީމަރުކަޒުގެ ރިސެޕްޝަނަށް ފައިސާ ދައްކަވައި 2023 މާރޗް 05 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ އަދި ނުވިކި ހުންނަ  ތަކެތި ހަމަޖެހިފައިވާ އުޞޫލުގެ މަތިން ނައްތާލެވޭނެއެވެ.

 

       މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

                             29 ރަޖަބު 1444

                            20 ފެބްރުވަރީ 2023 

 

20 ފެބުރުވަރީ 2023