މަސައްކަތް
ނަންބަރު: (IUL)472/472/2023/3
ޕަބްލިޝްކުރި ތާރީޚް: 21 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 02 މާރިޗު 2023 11:00
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އޮފީސް އިމާރާތާއި އަދި ޑްރައިވިންގ ޓްރެކް ފޮޅާސާފުކުރާނެ ފަރާތެއް ހޯދުން

           މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އޮފީސް އިމާރާތާއި އަދި ޑްރައިވިންގ ޓްރެކް ފޮޅާސާފުކުރާނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

        ވީމާ، މި މަސައްކަތްކޮށްދޭން ޝަޢުގުވެރިވާ ފަރާތްތަކުން 02 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

      މި ބީލަމާ ގުޅިގެން މަސައްކަތް ކުރަންޖެހޭ ތަން ބަލާ ޗެކް ކުރަން ބޭނުންވާ ފަރާތްތަކުން 02 މާރިޗު 2023 ވާ ބުރާސްފަތި ދުވަހުގެ 09:00 ގެ ކުރިން ރަސްމީ ގަޑިތަކުގައި އުމަރު ޒާހިރު ބިލްޑިންގ (ލޮޓް ނަމްބަރު 11602، އޯކިޑްމާ ހިނގުން، ހުޅުމާލެ) ގެ 03 ވަނަ ފަންފިލާއަށް ވަޑައިގަތުމުން ތަން ބެލޭނެ އިންތިޒާމް ހަމަޖެއްސޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅާފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

        އަދި ދަންނަވަމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަންދާސީ ހިސާބު ބާތިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

21 ފެބުރުވަރީ 2023