ކުއްޔަށް ހިފުން
ނަންބަރު: 171-M(F2)/IUL/2023/057
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2023
ޕަބްލިޝްކުރި ގަޑި: 15:22
ސުންގަޑި:
08 މާރިޗު 2023 12:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި މުއައްސަސާއިން ގއ.ވިލިގިނލި ޕޮލިސް ސްޓޭޝަން ހިންގުމަށްޓަކައި އިމާރާތެއް ކުޔަށް ނަގުމަށް
ޕްރޮޖެކްޓް ނަންބަރު |
PC-171/2023/W106 |
އިޢުލާން ނަންބަރު |
171-M(F2)/IUL/2023/057 |
.ބީލަން ހުށަހެޅުމުގެ ދަޢުވަތު.
- މި މުއައްސަސާއިން ގއ.ވިލިގިނލި ޕޮލިސް ސްޓޭޝަން ހިންގުމަށްޓަކައި އިމާރާތެއް ކުޔަށް ނަގަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށްް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: fl_C2098@police.gov.mv އަށް މެއިލްކޮށް އަދި procurement@police.gov.mv އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 މާރިޗު 8 ވަނަ ދުވަހުގެ 12:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ''ނޯންނާނެ'' ކަމަށް ދަންނަވަމެވެ.
- ބީލަން ހުޅުވުން އޮންނާނީ 2023 މާރިޗު 12 ދުވަހުގެ 14:00. ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
- ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 މާރިޗު 11 ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ޕްރޮކިއުމަންޓް
- ދިވެހި ފުލުހުންގެ ޚިދުމަތް
- އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
- ފޯން: 9790052
- އީ-މެއިލް: fl_C2098@police.gov.mv
27 ފެބުރުވަރީ 2023