ދިވެހިރާއްޖެ
މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
ނަމްބަރ : MGPL-CAD/AD/23-06
އިޢުލާން
ބޭނުންނުކުރާ ބާވެ ހަލާކުވެފައިވާ އޮފީސް ގޮނޑި ތަކެއް ވިއްކާލުމަށް.
މިކުންފުނީގައި ބޭނުން ނުކުރާ ބާވެ ހަލާކުވެފައިވާ އޮފީސް ގޮނޑި ތަކެއް ސިޓީލާ ނީލަމުގައި ވިއްކާލުމަށް 04 ފެބްރުއަރީ 2023 ވަނަ ދުވަހު ކުރެވުނު އިއުލާން ނަންބަރ MGPL-CAD/AD/23-06 ގުޅިގެން އަގު ހުށައެޅުމަށް އެއްވެސް ފަރާތަކުން ވަޑައިގަންފައި ނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން މިފުރުސަތު ހޮޅުވާލަމެވެ. ވީމާ، މިތަކެތި ނީލަމުގައި ބައްލަވައިގަންނަން ބޭނުންވާ ފަރާތްތަކުން 05 މާރޗް 2023 ވާ އާދިއްތަ ދުވަހު 11:00 އާއި 12:00 އާ ދެމެދު މިކުންފުނީގެ މާލެ ޔުނިޓަށް ވަޑައިގެން މި ތަކެތި ބެއްލެވުމަށްފަހު، 07 މާރޗް 2023 ވާ އަންގާރަ ދުވަހުގެ 11:00އަށް ތިރީގައިވާ އެޑްރެހަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21 (2 ވަނަ ފަންގިފިލާ)
އޯކިޑް މަގު
މާފަންނު
މާލެ، ދިވެހިރާއްޖެ
ފޯން:3335614
މިކަމަށް އެދި މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކާ ދަންނަވަމެވެ.
28 ފެބްރުއަރީ 2023މ.