ނީލަން
ނަންބަރު: 171-M(F3)/IUL/2023/013
ޕަބްލިޝްކުރި ތާރީޚް: 02 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި:
09 މާރިޗު 2023 10:00
ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މިމުއައްސަސާގައި ބޭނުންކޮށްފައިވާ 27 ވެހިކަލް ނީލަމުގައި ވިއްކާލުމަށް
ނީލަން ކިއުން.
- މިމުއއްސަސާގައި ބޭނުންކޮށްފައިވާ 27 ވެހިކަލް ނީލަމުގައި ވިއްކާލުމަށް ހުޅުވާލަމެވެ.
- ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކު އެއްހީރަސް ކޮށްފައިވާ " ނީލަމުގައި ރަޖިސްޓަރީވާ ފޯމް " ފުރިހަމަ ކުރެއްްވުމަށްފަހު މިމުއައްސަސާގެ އީ-މެއިލް finance.asset@police.gov.mv އަށް މެއިލްކޮށް އަދި an_C1811@police.gov.mv އަށް ކޮޕީ ފޮނުވުމުން ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
- ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2023 މާރޗް 09 ވަނަ ދުވަހުގެ 10:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ 2023 މާރޗް 12 ވަނަ ދުވަހުގެ 10:00ގައި ހުޅުމާލެ ޕޮލިސް ޓޯޔާޑް / ހުޅުމާލެ ފޭސް 2ގައެވެ.
- ނީލަން ކިއުން އޮންނާނީ 2023 މާރޗް 13 ދުވަހުގެ 14:00 ގައި އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރުމަށް ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތަކަށް ނީލަމުގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.
- ނީލަަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރެޖިސްޓަރީ ވުމަށް އެދި ފޯމް ހުށަހަޅާގައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ
02 މާރިޗު 2023