ދިވެހިރާއްޖެ
އިޢުލާން
ހޯރަފުށީ ކައުންސިލް އިދާރާއާ، ހޯރަފުށީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކާއި، އެހެނިހެން އިމާރާތްތަކުގައި ބޭނުންކޮށް ބައުވެފައިވާ ތަކެތި ނީލަންކިއުމަށް ހޯރަފުށީ ކައުންސިލްގެ ނަންބަރު: 2022/45(01 ނޮވެމްބަރ 2022) ޢާއްމު ޖަލްސާއިން ވަނީ ނިންމާފައެވެ.
މިނީލަމުގައި ބައިވެރިވެލެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ދެވޭ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
- ނީލަން ކިޔުމަށް ހަމަޖެހިގައިވާ ތަން: މަސްޖިދުލް ޢައްވާބް ގޯތިތެރެ
- ނީލަން ކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2023މާރޗް 12 (ހޯމަ) 16:15
- ނީލަން ކިއުމަށް ހަމަޖެހިފައިވާ އުސޫލު: ދުވަހު ނީލަމުގައި
- ނީލަމުގައި ހިމެނޭ ތަކެތީގެ ތަފްސީލް:
# |
ތަފްސީލް |
ޢަދަދު |
01 |
ކާޕެޓް ރޯލް ( ބޮޑު ) |
8 |
02 |
ކާޕެޓް ރޯލް ( ކުދި ) |
5 |
03 |
ކާޕެޓް ފޮއިލް ރޯލް |
6 |
މިނީލަމުގައި ބައިވެރިވެ ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑު ގެންނަންވާނެވެ. ނީލަން ފެށުމަށް ހަމަޖެހިފައިވާ ގަޑީގެ ކުރިން ނީލަމުގައި ބައިވެރިވެ ލެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ނީލަން އޮންނަ ސަރަޙައްދަށް ވަޑައިގެން ދެއްވުމަކީ ހޯރަފުށީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.
ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހުގެ 18:00 ގެ ކުރިން ހޯރަފުށީ ކައުންސިލްއަށް ދުރުވެ ފައިސާ ދެއްކެވުމަށްފަހު އެދުވަހުގެ 20:00 ގެ ކުރިން ތަކެތި ގެންގޮސް ނިންމަންވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
13 ޝައުބާން 1444