ނީލަން
ނަންބަރު: (IUL)468-LMS/468/2023/65
ޕަބްލިޝްކުރި ތާރީޚް: 06 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:09
ސުންގަޑި: 13 މާރިޗު 2023 09:30
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިއުމާއި ގުޅޭ

ކާސިންޖީގޯޅި ފުޅާކުރުމަށާއި، ހުސްނުހީނާމަގުގެ ޕާރކިން އަށް ނެގުމަށްޓަކައި ބަދަލުދެވިފައިވާ ފަތްމިނި ގޯތީގެ ޢިމާރާތް ( ފާރުތައް)  އަދި ވަށާފާރު ނީލަންކިޔުން 2023 މާރިޗް  13 ވާ ހޯމަ ދުވަހުގެ ހެދުނު 9:30 ގައި ފަތްމިނި ގޯތި ކައިރީގައި އޮންނާނެއެވެ.

  ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 މާރިޗް  13 ވާ ހޯމަ ދުވަހު 9:30 އަށް އެތަނަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. ނީލަމުން އިމާރާތް އަދި ފާރު ނަންގަވާ ފަރާތްތަކުން 2023 މާރިޗް 14 ވާ އަންގާރަ ދުވަހުގެ 12:00 ގެކުރިން ފުވައްމުލަކު ސިޓީކައުންސިލަށް ފައިސާ ދައްކަވައި 2023 މާރިޗް 20 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން އިމާރާތް އަދި ފާރުތަޅާ ސާފުކޮށް އެތަނުން ނެންގެވުން އެދެމެވެ. މުއްދަތު ހަމަވާއިރު ނުނަންގަވާ ހުރެއްޖެނަމަ އެއީ ބޭނުންނެތް ތަކެތި ކަމުގައި ބަލާ ކައުންސިލްގެ ފަރާތުން އުކާލެވޭނެއެވެ.

    މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 މާރިޗު 2023