ނީލަން
ނަންބަރު: A7SM(IUL)/2023/08
ޕަބްލިޝްކުރި ތާރީޚް: 14 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި:
27 މާރިޗު 2023 16:30
އާމިނާދިޔޯ ޞިއްޙީ މަރުކަޒު، ހއ. އިހަވަންދޫ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރުއްގަސް ނީލަންކިޔުން
މިރަށުގައި ހޮސްޕިޓަލް އެޅުމަށް ހާއްސަކޮށްފައިވާ ބިން ސާފުކުރަމުންދާއިރު ކަނޑާފައިވާ ބައެއް ރުއްގަހުގެ ނީލަން ކިއުން 27 މާރިޗް 2023 ވާ ހޯމަ ދުވަހުގެ ހަވީރު 16:30 ގައި އޮންނާނެއެވެ. ނީލަމަށް ހާޒިރުވާނީ އިހަވަންދޫ ސްކޫލްގެ އެކްޓިވިޓީ ގްރައުންޑްގެ ހުޅަނގު ފަރާތަށެވެ.
މި ނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިމަރުކަޒުގެ އެދުމެކެވެ. ނީލަމުން ނަންގަވާ ރުއްގަހުގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ.
ނީލަމުން ނަންގަވާ ރުއް 02 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. 2 ދުވަހުގެ ތެރޭގައި ނުގެންދަވާ ރުއްގަސް ބޭނުންނެތީކަމުގައި ބަލައި އުކައިލެވޭނެއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
14 މާރިޗު 2023