އިޢުލާނު
|
މަޤާމު:
|
އެސިސްޓެންޓް ޑިރެކްޓަރ
|
މަޤާމުގެ ނަންބަރު:
|
J-327868
|
ބޭނުންވާ އަދަދު:
|
1
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އެމް. އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އެސިސްޓެންޓް ޑިރެކްޓަރ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ/މާލެ
|
މުސާރަ:
|
-/7035 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
-/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ސްޕެޝަލް ޑިއުޓީ އެލަވަންސް: މުސާރައިގެ %35 (މަހަކު)
- ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900.00 ރުފިޔާ
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މިނިސްޓްރީގެ ސްޓޮކް ބަލަހައްޓާ އެތަކެތި އޮންނަ އުސޫލުގެ ދަށުން ދޫކުރުން
- ހަރުމުދާ ނުވަތަ ސްޓޮކަށް ބޭނުންވާ ތަކެތި ބަލައިގަނެ އެތަކެތި ޗެކްކޮށް ހެދިފައިވާ އުސޫލުގެ ދަށުން ސްޓޮކަށް ނުވަތަ އިންވެންޓްރީއަށް ވެއްދުން
- މިނިސްޓްރީގައި ކުރަންޖެހޭ އެކިއެކި މަރާމާތުތައް ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރެވޭނެގޮތް ހަމަޖެއްސުން. މިގޮތުން މިނިސްޓްރީގައި ކުރާ މަރާމާތުތަކުގެ މައުލޫމާތު ޝީޓް ހަދައި، މިނިސްޓްރީގައި ކުރަންޖެހޭ އެކިއެކި މަރާމާތުތަކަށް ކޯޓޭޝަން ފޯރުކޮށް ދޭ ފަރާތްތައް އައުމުން އެ ފަރާތްތަކަށް ދޭންޖެހޭ މައުލޫމާތު ދީ އެތަންތަން ދެއްކުން.
- މިނިސްޓްރީން ބާއްވާ ސެމިނާރ ވޯކްޝޮޕް ތަކާއި، ފަންކްޝަންސް، އިވެންޓްތަކުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
- މިނިސްޓްރީގެ މުދައު ކަސްޓަމްސްއިން ކްލިއަރ ކުރުމުގެ މަސައްކަތް ކުރުން.
- އޮފީހުގެ ހަރު މުދަލުގެ އިންވެންޓްރީ ލިސްޓް ތައްޔާރުކޮށް ފުރިހަމަ ކުރުމަށްފަހު ކޮންމެ 3 މަހުން އެއް މަހު ރިވިއުކޮށް، ހަރުމުދަލަށް ބަދަލު ގެނެވިފައިވާ ނަމަ ވަގުތުން ލިސްޓް އަޕްޑޭޓް ކުރުން، އަދި ސެކްޝަނުގެ ހެޑަށް ރިޕޯޓްކުރުން. ހަރު މުދާ ބަދަލުކުރުމަށް އެދި ފޮނުވާ ރިކުއެސްޓްތައް ލަސްވެގެން 1 ހަފްތާތެރޭ ޗެކްކުރުން.
- މިނިސްޓްރީގެ ޑިޕަރޓްމަންޓް އަދި ޕްރޮޖެކްޓްތަކުގެ އެސެޓްތަކުގެ މަޢުލޫމާތު ހޯދާ، މިނިސްޓްރީގެ އިންވެންޓްރީ ރަޖިސްޓްރީ އަޕްޑޭޓްކުރުން އަދި ނީލަން ޕޯޓަލް މެދުވެރިކޮށް އިންވެންޓްރީ ބެލެހެއްޓުން.
- މަރާމާތު ކުރާފަރާތް ކަނޑައެޅުމުން އެފަރާތް ގެނެސް އެ މަސައްކަތް އެފަރާތް ލައްވާ ކުރުވުން.
- މިނިސްޓްރީ ތަމްޘީލް ކުރުމަށްޓަކައި ރާއްޖެތެރެއާއި ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުން.
- މިނިސްޓްރީގެ ސްޓޮކް މެނޭޖްކުރުން.
- މިނިސްޓްރީއަށް ބޭނުންވާ މުދައު ތަކުގެ އަގުބެލުން.
- ޔުނިޓުގެ މުވައްޒަފު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުއްދަތުގައި އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކިގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން.
- މީގެ އިތުރުން މިނިސްޓްރީގެ ނުވަތަ ސެކްޝަންގެ މަސައްކަތުގެ ދާއިރާއިން ސެކްޝަންގެ ވެރިމީހާ ނުވަތަ ޕަރމަނަންޓް ސެކްރެޓަރީ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.
- މިނިސްޓްރީގެ ބޭނުމަށް ހޯދޭ އެސެޓް ތަކަށް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެސެޓް ނަންބަރު ކްރިއޭޓް ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.
- ހަރު މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރާ ފޯމު ހެދުމަށްފަހު ނަގަންޖެހޭ ހުއްދަތައް ނަގާ ހަރުމުލުގެ ރަޖިސްޓްރީއިން އުނި ކުރުމަށްފަހު ފިނޭންސް މިނިސްޓްރީގެ އުސޫލާއި އެއްގޮތަށް އަމަލުކުރުން.
- މަރާމާތު ކުރުމަށް މިނިސްޓްރީން ބޭރަށް ފޮނުވާ މެޝިނަރީ އާއި އިކްވިޕްމަންޓްސް އަދި ރާއްޖެ އާއި ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމާއި، އަނބުރާ ލިބިގެން އެ ސެކްޝަންތަކަށް ޙަވާލުކުރުމުގެ މަސައްކަތްތައް ކުރުން.
- މިނިސްޓްރީގެ އިންވެންޓްރީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އަހަރަކު އެއްފަހަރު ޗެކުކޮށް، މާލީ ޒިންމާދާރުވެރިޔާ ސޮއިކުރުވުން.
- ޖެނަރަލް އެޑްމިނިސްޓްރޭޓިވް ޔުނިޓްއިން ނީލަމަށް ފޮނުވަން ޙަވާލުކުރާ ތަކެތި ބަލައިގަނެ ލިސްޓް ހަދައި، މިފަދަ ތަކެތި ނީލަމަށް ފޮނުވުމުގެ މަސައްކަތް ކުރުން.
- އޮޑިޓަރ ޖެނަރަލް އޮފީހުން އޮޑިކުރަމުން ދާއިރު މިނިސްޓްރީގެ އިންވެންޓްރީއާއި ގުޅޭގޮތުން އެފަރާތުން ހޯދުމަށް އެދޭ ލިޔެކިޔުން ފޯރުކޮށްދީ އެފަރާތަށް ޖަވާބުދާރީވުން.
- ހަރު މުދަލުގެ އިންވެންޓްރީ ލިސްޓް ކޮންމެ 3 މަހުން އެއް މަހު ރިވިއުކޮށް ސެކްޝަން ހެޑަށް ރިޕޯޓްކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
- މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
- އެޑްމިނިސްޓްރޭޝަން
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
ޕްރިފަރޑް ޑިސިޕްލިން(ތައް):
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
ކޯ ޑިސިޕްލިން(ތައް)
|
ގުޅޭވަޒީފާގެ ދާއިރާތައް:
- އެޑްމިނިސްޓްރޭޝަން
- މެނޭޖްމެންޓް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 މާރިޗް 27 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް hr@environment.gov.mv މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 29 މާރިޗް 2023 އާއި 19 އެޕްރީލް 2023 އާ ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018327،3018328 އަށެވެ. އީ-މެއިލް ކުރާނީ hr@environment.gov.mv އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.
|