ނީލަން
ނަންބަރު: (IUL)FMHC/2023/05
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 26 މާރިޗު 2023 00:00
ފަރެސްމާތޮޑާ ޞިއްޙީ މަރުކަޒު، ގދ. ފަރެސްމާތޮޑާ
ދިވެހިރާއްޖެ
ނީލަން ކިޔުމާއި ގުޅޭ

     މިމަރުކަޒުގެ ނަންބަރު (IUL)FMHC/2023/03 އިޢުލާނުން 2023 މާރޗް 13 ވަނަ ދުވަހު ބޭއްވި ނީލަމުން ނުނެގިވާ ތަކެތި ތިންވަނަ ފަހަރަށް ނީލަން ކިޔުން 2023 މާރޗް 26 ވާ އާދީއްތަ ދުވަހު ހެނދުނު 10:30ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

     ވީމާ، ދެންނެވިފައިވާ ތަކެތި ނީލަން ކިޔުން 2023 މާރޗް 26 ވާ ހޯމަ ދުވަހުގެ ހެނދުނު 10:30 ގައި ފަރެސްމާތޮޑާ ސިއްޙީމަރުކަޒުގައި އޮންނާނެއެވެ. ވީމާ މިނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން  އައިޑީކާޑާއެކު ފަރެސްމާތޮޑާ ސިއްހީމަރުކަޒަށް ޙާޟިރުވުން އެދެމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން 2023 މާރޗް 26 ދުވަހުގެ ރޭ 20:00 ގެ ކުރިން ފަރެސްމާތޮޑާ ސިއްޙީމަރުކަޒުގެ ރިސެޕްޝަނަށް ފައިސާ ދައްކަވައި 2023 މާރޗް 27 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ އަދި ނުވިކި ހުންނަ  ތަކެތި ހަމަޖެހިފައިވާ އުޞޫލުގެ މަތިން ނައްތާލެވޭނެއެވެ.

 

       މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 މާރިޗު 2023