ދިވެހިރާއްޖެ
އިޢުލާން
މަރަދޫ އަވަށު އޮފީހުގައި ގައި ހުރި ބައުތަކެތި ނީލަން ކިޔުން
މަރަދޫ އަވަށު އޮފީހުގައި ހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ކުރެވުނު ނަންބަރ: (IUL)426-3A/426/2023/118 އިޢުލާނާއި ގުޅިގެން ނުވިކި ބައެއް ތަކެތި ހުރުމާއެކު ތިންވަނަ ފަހަރަށް އެތަކެތި ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.
ނީލަން ކިއުން އޮންނާނީ 3 އެޕްރީލް 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މަރަދޫ އަވަށު އޮފީހުގެ ގޯތިތެރޭގައެވެ.
ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް 26 މާރޗް 2023 އިން 30 މާރޗް 2023 އަށް މިދުވަސްތަކުގެ ހެނދުނު 10:00 އިން 13:00 އާއި ދެމެދު ތަކެތި ބެއްލެވޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ އަގު ހިމޭނެ ލިސްޓް މިއިޢުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެ އެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ ދުވަހުގެ ނީލަމުގެ އުސޫލުން ކޮންމެ އައިޓަމެއް ވަކިންނެވެ. ނީލަމުގައި ބައިވެރިވެ، ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން 03 ދުވަހުގެ ތެރޭގައި މަރަދޫ އަވަށު އޮފީހަށް ފައިސާ ދެއްކުމަށްފަހު ތަކެތި ގެންގޮސް ނިންމަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ފައިސާ ނުދައްކާ އަދި ނުވިކި ހުންނަ ތަކެތި ހަމަޖެހިފައިވާ އުޞޫލުގެ މަތިން ނައްތާލެވޭނެއެވެ.
ވީމާ ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރި ވެލައްވާ ފަރާތްތަކުން މިނީލަމުގައި ބައިވެރިވެ ލެއްވުން އެދި މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
4 ރަމަޟާން 1444
26 މާރޗް 2023