މަސައްކަތް
ނަންބަރު: (IUL)303-IED/303/2023/13:ނަމްބަރ
ޕަބްލިޝްކުރި ތާރީޚް: 27 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 05 އޭޕްރިލް 2023 10:00
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް ފެރީ ޓާމިނަލް 1 ބުރިއަށް ކުރުހައި ބީއޯކިއުހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

`

  މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ

          އުނގޫފާރު، ދިވެހިރާއްޖެ                   

                                      ނަންބަރު IUL-303-IED/303/2023/13

އިޢުލާން

 

މިކައުންސިލުން ދެވޭ މަޢުލޫމާތާއި އެއްގޮތަށް ފެރީ ޓާމިނަލް 1 ބުރިއަށް ކުރުހައި ބީއޯކިއުހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

            މިކައުންސިލުންދެވޭ މަޢުލޫމާތާއި އެއްގޮތަށް ފެރީޓާމިނަލް ކުރުހައި ބީއޯކިއުހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފްކުރެއްވުމަށް 30 މާރިޗް 2022 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް އުނގޫފާރު ކައުންސިލް އިދާރައަށް ވަޑައިގެންދެއްވުން އެދެމެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ފެރީ ޓާމިނަލް ކުރެހުމާއި ބީއޯކިޔު ހަދައިދޭނެ އަގު ހުށަހެޅުއްވެސް އޮންނާނީ އުނގޫފާރު ކައުންސިލް އިދާރާގައި 05 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 10:00 ގައެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި " ފެރީޓާރމިނަލް އިމާރާތް ކުރަހައި ބީއޯކިއު ހަދައިދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.            

ތިރީގައި އެވަނީ ފެރީޓާމިނަލް 1 ބުރިއަށް ކުރަހައި ބީއޯކިއު ހަދައިދިނުމުގެ މަސައްކަތަށް މާކުސްދިނުމަށް ހަމަޖެހިފައިވާގޮތެވެ.

  1. ފެރީޓާމިނަލް ކުރަހައި ބީއޯކިއު ހެދުމަށް ހުށަހަޅާ އަގަށް (ހަތްދިހަ ފަސްމާކުސް)         
  2. ތަޖުރިބާ ފަންނީ ގާބިލްކަމަށް  (ފަނަރަމާކުސް)
  3. މުއްދަތަށް (ދިހަމާކުސް)

             ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

            05 ސަޢުބާން  1444     

             27 މާރިޗް  2023  

މިއިދާރާއިން ދެވޭމަޢުލޫމާތާއި އެއްގޮތަށް ފެރީޓާރމިނަލް  ކުރެހުމަށްދެވޭ މައުލޫމާތު ސީޓް

*  ފެރީޓާމިނަލްގެ ފުޅާމިން 64.08 ފޫޓް ދިގުމިން 46.08 ފޫޓް  ޖުމްލަ 2952.80 އަކަފޫޓް

* ފެރީޓާމިނަލް ކުރެހުމަށް ދެވޭމިނުގައި ގްރައުންޑް ފްލޯގައި ވެއިޓިން އޭރިޔާ ދަތުރުވެރިން ތިބުމަށް

* ފެރީޓާމިނަލްގައި 2 ފާހާނާއި އެކު ފާހާނާއިން ބޭރުގައި މޫނުދޮވެލުމަށް 2 ބައި

* ފެރީޓާރމިނަލްގައި 1 ސެކިއުރެޓީ ރޫމް

* ފެރީޓާރމިނަލްގެ ތިރީގައި ޓޭކްއަވޭ 1 ފިހާރަ

* ފެރީޓާމިނަލްގެ މަތީގައި ވީއައިޕީ ރޫމަކާއި ކެފޭ ހުންނަންވާނެއެވެ.

* ފެރީޓާމިނަލްގެ ކެފޭގައި 1 ފާޙާނާ ވީއައިޕީގައި 1ފާޙާނާ

*  ފެރީޓާމިނަލްގެ ތިރީގައި ހުންނަންވާނީ އެއްކޮށް ބިއްލޫރި ޖަހާގޮތަށް ފަރުމާކުރުމާއި ބާކީ ހުންނަ ހުރިހާ ބައެއްގައި ކުލޭޑިން ޖަހާގޮތަށް ފަރުމާކުރުން

* ކުރުހާ ނިމޭއިރު ތްރީޑީ ކުރެހުމާއި ބީއޮކިއު އަދި ކުރެހުން ހާޑްކޮޕީ ހުއްދަހޯދުމަށް ހުށަހަޅާ ހުރިހާ ޑޮކިއުމަންޓް ހަމަކުރަންވާނެއެވެ. އަދި ޓާމިނަލްގެ އިރުމަތީފަރާތް ހުންނަންވާނީ ވަށައިގެން ވައްކޮށެވެ. 

 

 

27 މާރިޗު 2023