ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)333/333/2023/24
ޕަބްލިޝްކުރި ތާރީޚް: 28 މާރިޗު 2023
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 06 އޭޕްރިލް 2023 13:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އެސިސްޓެންޓް (ބަނދަރު)

 ތިރީގައިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު:

ކައުންސިލް އެސިސްޓެންޓް (ބަނދަރު)

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (6 މަހުން 6 މަހުން ކޮންޓެކްޓް އާކުރާގޮތަށް)

މަޤާމުގެ ރޭންކް:

އެސް.އެސް.1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކ. ތުލުސްދޫ ކައުންސިލްގެ އިދާރާ

މުސާރަ:

-/3100ރ (ތިންހާސް އެއްސަތޭކަ ރުފިޔާ)

ސަރވިސް އެލަވަންސް:

-/1000ރ (އެއްހާސް ރުފިޔާ)

އެހެނިހެން އެލަވަންސް:

-/1200ރ (ބާރަ ސަތޭކަ ރުފިޔާ)

މިނިމަމް ވޭޖް އެލަވަންސް

-/1971ރ (އެއްހާސް ނުވަސަތޭކަ ހަތްދިހަ އެއް ރުފިޔާ)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  1.  އާއްމު ރައްޔިތުން ތުލުސްދޫ ބަނދަރު ބޭނުންކުރަމުން ދަނީ ބަނދަރު ބޭނުންކުރުމަށް ހަދާފައިވާ ޤަވާޢިދުތަކާއި އުޞޫލާއި އެއްގޮތައްތޯ މޮނީޓަރކޮށް ބެލެހެއްޓުން
  2. ބަނދަރުގެ މުދާއަރުވާ ބާލާ ސަރަހައްދަށް ޖަމާކުރެވޭ ތަކެތި ކައުންސިލުން އަންގާގޮތެއްގެ މަތީން ނޯޓްކުރުން، (އުޅަނދުގެ ނަމާއި ރަޖިސްޓްރީ ނަންބަރު އަދި މުދާ ބޭލި ގަޑި އާއި ތާރީޚް މުދާ ބާލާ ނިމުނު ގަޑި)
  3. ބަނދަރު ރުއްގަހުން އުފެދޭ ކުންޏާއި، ކުނީގެ ގޮތުގައި ބެލެވޭ އެހެނިހެން ތަކެތި ކައުންސިލު އިދާރާއިން ކަނޑައަޅާ ސަރަޙައްދަށް ޖަމާކުރުމާއި، ކުނި އެޅުމަށް ހާއްސަ ކުރެވިފައިވާ ސަރަޙައްދަށް ކައުންސިލުގެ އެހީތެރިކަމާއެކު ގެންދިޔުން.
  4. މޫސުމާއި ގުޅިގެން ބަނދަރަށް ޖަމާވާ ކުނި ފަދަ އެންމެހާ ތަކެތި ނަގައި ކުނިއެޅުމަށް ހާއްސަކުރެވިފައިވާ ސަރަޙައްދަށް ކައުންސިލްގެ މުނިސިޕަލް މުވައްޒަފުންގެ އެހީތެރިކަމާއެކު ގެންދިއުން.
  5. ބަނދަރު ސަރަޙައްދުގައި ޤަވާއިދާ ހިލާފަށް ތަކެތި ބަހައްޓާނަމަ ނުވަތަ ކުނިއަޅާނަމަ އެފަރާތްތަކަށް އެކަން އިސްލާޙް ކުރުމަށް އެންގުން. އަދި ކައުންސިލަށް އެކަން ރިޕޯޓުކުރުން.
  6. ބަނދަރަށް ލެވިފައިވާ ކަރަންޓް އަދި ފެން ދޫކުރުމަށް ކައުންސިލުން ހަމަޖައްސާފައިވާ ގަވާއިދުތަކާއި އުޞޫލާއި އެއްގޮތަށް އަމަލުކުރަމުން ދޭތޯބެލުން.
  7. ކަނޑު އުޅަނދު ފަހަރު ބަނދަރުގައި އެޅުމާއި، ލަފާފުރައި ހަދަނީ ބަނދަރު ބޭނުންކުރުމުގެ ގަވާއިދާއި އުޞޫލާއި އެއްގޮތައްތޯ ބަލާ ރަގަޅުކުރުމަށް އެންގުން.
  8. އިދާރާއިން ރާވައި ހިންގާ މަސައްކަތްތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި އެމަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވުން.

 

މަޤާމުގެ ޝަރުޠުތައް:

-          ލިޔަން ކިޔަން އެނގުން

ނުވަތަ

-          މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ހުއްދައެއް ހާޞިލްކޮށްފައިވުން

ނޯޓް:

ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަންކިޔަން އެނގޭކަން ކަށަވަރުކޮށް ވަޒީފާއެއް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ނުވަތަ،

  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވަޒީފާއެދި ހުށައަޅާ ފޯމް (މިކައުންސިލުން ލިބެންހުންނާނެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު) ކޮޕީ
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތު ތަޖުރިބާ ދެނެގަނެ މަސައްކަތް ކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއޭޓްކޮށް މާރކްސްދެވޭނީ ތިރީގައިވާ ފަދައިން:

  • އަސާސީ ޝަރުތު %50
  • ޝަރުޠުހަމަވުމަށް ބޭނުންވާ ސަނަދަށްވުރެ މަތީ ސަނަދެއް އޮތްނަމަ %5
  • ތަޖުރިބާ %5
  • އިންޓަރވިއު %40

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 05 އޭޕްރީލް 2023 ގެ 13:00 ގެ ކުރިން، ކ. ތުލުސްދޫ ކައުންސިލްގެ އިދާރާއަށެވެ. އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ، އީ-މެއިލް މެދުވެރިކޮށް(info@thulusdhoo.gov.mv)   އީމެއިލްކުރެއްވުން އެދެމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 އޭޕްރިލް 06 އާއި 2023 އޭޕްރިލް 20 އާ ދެމެދު، މި އިދާރާ (މާލެއަތޮޅު ތުލުސްދޫ ކައުންސިލް އިދާރާ) ގެ ޖަލްސާ ކުރާ މާލަމު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރ 6640183 އަށެވެ. އީ-މެއިލް ކުރާނީ   info@thulusdhoo.gov.mv  އަށެވެ.

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 މާރިޗު 2023