ދިވެހިރާއްޖެ
ނަންބަރު: S2C-C/2023/ 51
މިއިއުލާނަކީ މިކޯޓުގެ ނަންބަރު S2C-C/2023/27 އިއުލާން ބާޠިލްކޮށް އެއިއުލާނުގެ ބަދަލުގައި ކުރެވޭ އިއުލާނެކެވެ.
އިޢުލާން
އޮފީސް ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު ހިންގަމުންދާ ޢިމާރާތް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތާއިގުޅިގެން އަންދާސީ ހިސާބުހުށަހެޅުމުގެ ސުންގަޑިއަކީ 2023 އޭޕްރީލް 10 ވާ ހޯމަ ދުވަހުގެ 13:00 އެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
މިމަސައްކަތަށް ވަކިވަކި ފަރުދުންނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެވާހަކަ ދެންނެވީމެވެ. އަދި ކުންފުންޏެއްގެ ފަރާތުން ކުރިމަތިލާނަމަ، ޤާނޫނު ނަންބަރު 2014/18ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި 2014/19ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށް ވާންވާނެއެވެ.
މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި މިކޯޓުގެ ނަންބަރު 6880008 ނުވަތަ 6880010 އަށް ގުޅުއްވުން އެދެމެވެ.
07 ރަމަޟާން 1444
29 މާރޗް 2023