ދިވެހިރާއްޖެ
ގްރޭޓަރ މާލޭ ވޭސްޓު-ޓު-އެނާޖީ ޕްރޮޖެކްޓަކީ ޒޯން 3ގެ ރަށްތަކަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި ދިވެހި ސަރުކާރާއި، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އަދި އިތުރު ބޭރުގެ އެހީދޭ ޖަމާއަތްތަކާއި ގުޅިގެން ކުރިޔަށް ގެންދާ ސަރަހައްދީ ކުނި މެނޭޖްކުރުމުގެ ޕްރޮޖެކްޓެވެ.
މިޕްރޮޖެކްޓަކީ އޭޑީބީގެ ސޭފްގާޑްސް މިންގަނޑުގެ ކެޓެގަރީ 'އޭ" ގެ ރޭޓިންގ ދީފައިވާ ޕްރޮޖެކެޓަކަށް ވީހިނދު، މިޕްރޮޖެކްޓުގެ ސަބަބުން އަސަރުކޮށްފައިވާ މުޖުތަމައުތަކުގެ އަމިއްލަ ފަރުދުންނަށް ނުވަތަ ޖަމިއްޔާ/ޖަމާއަތަކަށް މިޕްރޮޖެކްޓްގެ ސަބަބުން އުފެދޭ އިޖުތިމާއީ އަދި ތިމާވެށީގެ މައްސަލަތަކާއި ގުޅޭ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމުގެ ފުރުޞަތު ވަނީ މިޕްރޮޖެކެޓްގެ ގްރިވެންސް ރިޑްރެސް މެކޭނިޒަމް (ޖީއާރްއެމް) ގެ ދަށުން ވަނީ ހުޅުވާލެވިފައެވެ.
އިސްވެ ދެންނެވުނު ޕްރޮޖެކްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް ހުށަހަޅާނަމަ، މިއިޢުލާނާއި އެކު އެއްއުރަކުރެވިފައިވާ އުޞޫލްގައިވާ ގޮތަށް "ޝަކުވާ ހުށައަޅާ ފޯމް"، ނުވަތަ އީމެއިލް، ސިޓީ އަދި ފޯން މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޝަކުވާ / މައްސަލަ ހުށަހަޅާ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެއްވޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާނު ކުރީމެވެ.