ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-ADM/388/2023/32
ޕަބްލިޝްކުރި ތާރީޚް: 02 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 09:56
ސުންގަޑި: 30 އޭޕްރިލް 2023 12:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ޢުމްރާ ދަތުރާއި ގުޅޭ

ކައުންސިލްގެ 04 ވަނަ ދައުރަށް އިންތިހާބްވެވަޑައިގަތް 05 ކައުންސިލް މެމްބަރުންގެ އިންތިހާބީ ވައުދު " ކޮންމެ އަހަރަކު ވަންދޫ ރައްޔިތަކަށް އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރުޞަތު ދިނުން " މިވައުދުގެ ދަށުން2023  ވަނަ އަހަރުގެ ޑިސެމްބަރުމަހު އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ވަންދޫ ރައްޔިތުންގެ ތެރެއިން ތިރީގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ހަމަވާ ފަރާތެއް ހޮވުމަށް ފުރުޞަތު ހުޅުވާލަމެވެ.

 

ފޯމް ހުށައަޅާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތައް:

ü      ޢުމްރާގެ އަޅުކަން އަދާކުރަންދާ ފަރާތަކީ ޢުމުރުން 18 އަހަރު ފުރިހަމަވެފައިވާ ފަރާތެއްކަމުގައިވުން.

ü      ޢުމްރާގެ އަޅުކަން އަދާކުރަން ފޯރމް ހުށައަޅާ ފަރާތަކީ ކޮޅުމަޑުލު ވަންދޫ ރަށްވެއްސެއް ކަމުގައިވުން.

ü      ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ ފަރާތަކީ ފުރިހަމަ ސިއްޙަތެއްގައިހުރި ފަރާތަކަށްވުން.

 

ފޯމާއިއެކު ހުށައަޅަންޖެހޭ ލިޔުންތައް:

1-      މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓް ގެ ކޮޕީ.

   

       ޢުމްރާ ދަތުރާއި ގުޅޭ އިތުރު މައުލޫމާތު މިއިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ " ކައުންސިލުން ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުޞޫލް " ގައި ބަޔާންކުރެވިފައިވާނެއެވެ. މިއިއުލާނާއި ގުޅިގެން ފޯމް ހުށައެޅުމުގެ އެންމެ ފަހުތާރީހަކީ 30 އެޕްރީލް 2023 ވަނަދުވަހުގެ 12:00 އެވެ. އިތުރު މައުލޫމާތެއް ސާފުކުރަށްވަން ބޭނުންފުޅުވެލައްވާނަމަ 6780041 ނުވަތަ 7642233 އަށް ގުޅުއްވުން އެދެމެވެ.

02 އޭޕްރިލް 2023