ނީލަން
ނަންބަރު: (IUL)389/389/2023/08
ޕަބްލިޝްކުރި ތާރީޚް: 10 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 11:36
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ އިދާރާގެ ބޭނުމަށް ހޯދާފައިވާ ޕެކެޓް ބަންދުކުރި ހަކުރު ކޭހެއް ސިޓީ ލާ ނީލަމުގައި ވިއްކާލުމާގުޅޭ

މި އިދާރާގެ ބޭނުމަށް ހޯދިފައިވާ 10.8 ކިލޯގެ ޕެކެޓް ބަންދުކުރި ހަކުރު ކޭހެއް  ސިޓީލާ ނީލަމުގައި ވިއްކާލުމަށް ނީލަން ކިއުމަށް އިޢުލާން ކުރަމެވެ.

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ދުވަހެއްގެ މެންދުރު 12:00 ގެ ކުރިން ހަކުރު ކޭސް ގަތުމަށް ބޭނުންވާ އަގު ހުށަހެޅުން އެދެމެވެ. ނީލަމަށް އަގުހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު (NL04 ފޯމު) ފުރިހަމަކޮށް info@hirilandhoo.gov.mv  އަށް މެއިލްކޮށްގެނެވެ.

ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި، މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އިދާރާގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ. ކޮންމެ ދުވަހަކު މެންދުރު 12:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ރަސްމީ ދުވަސްތަކުގެ މެންދުރުފަހު 1:00 ގެ ފަހުން "ހިރިލަންދޫ ނޯޓިސް" ބޯޑު ވައިބަރ ގްރޫޕްގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއް އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 2 (ދޭއް) ދުވަހުގެ ތެރޭގައި، މިއިދާރާއަށް ފައިސާ ދެއްކުމަށް އަންގާ ގޮތެއްގެ މަތިން ފައިސާ ދައްކައި ހަކުރު ކޭސް ގެންދަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާދައްކާފައި ނުވާނަމަ، އެފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް  ދެވަނައަށް އެންމެ މަތީއަގު ހުށަހެޅި ފަރާތަށް ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ.

ނީލަން ފެށޭއަގު: 150  (އެއްސަތޭކަ ފަންސާސް ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 5 (ފަސް ރުފިޔާ)

10 އޭޕްރިލް 2023