ނީލަން
ނަންބަރު: (IUL)269/269/2023/18
ޕަބްލިޝްކުރި ތާރީޚް: 16 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 11:17
ސުންގަޑި: 25 އޭޕްރިލް 2023 14:30
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގައި ހުރި ބައުމުދާ ނީލަމުގައި ވިއްކުން

 

މި އިދާރާގެ ނަންބަރު 269/269/2023/16 (IUL) އިޢުލާނާގުޅިގެން ކުރިޔަށްގެންދެވުނު ނީލަމުގައި ނުވިކި ހުރިތަކެތީގެ ލޮޓުތަކަށް ބަދަލުގެނެސް ދެވަނަފަހަރަށް ނީލަންކިޔުމަށް ވަނީ ހަމަޖެހިފައެވެ. މިނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2023 އޭޕްރިލް 25 ވާ އަންގާރަ ދުވަހުގެ 14:30 ގައި އިޖްތިމާޢީ މަރުކަޒު (ކުރީގެ ބޮޑުމަދަރުސާ) ގޯތިތެރެއަށް ވަޑައިގެންދެއްވުން އެދެމެވެ. އަދި މި ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންގޮސް ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރުމަށްފަހު އެތަކެތި ނުގެންދާ ފަރާތްތަކަށް މި އިދާރާއިން ބާއްވާ ނީލަންތަކުގައި ދެން ބައިވެރި ވެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 އޭޕްރިލް 2023