ނީލަން
ނަންބަރު: 134-PRO/I/2023/34
ޕަބްލިޝްކުރި ތާރީޚް: 20 އޭޕްރިލް 2023
ޕަބްލިޝްކުރި ގަޑި: 15:58
ސުންގަޑި: 26 އޭޕްރިލް 2023 02:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިފްކޯ 101 ނީލަމުގައި ވިއްކާލުން

 

  No: 134-PRO/I/2023/34

އިޢުލާން 

 

ބޯޓެއް ނީލަމުގައި ވިއްކާލުން

މިކުންފުނީގައި ބޭނުންކޮށްފައިވާ ތިރީގައިވާ އުޅަނދު ނީލަމުގައި ވިއްކާލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އުޅަނދު އޮންނާނީ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް (ޅ. ފެލިވަރު) ގައެވެ.

އުޅަނދާއި ބެހޭ މައުލޫމާތު

ނީލަން ނަންބަރު

އުޅަނދުގެ ނަން

އުޅަނދުގެ ބާވަތް

އޮތްތަން

ނީލަން ފެށޭއަގު

މަދުވެގެން އިތުރު ކުރެވޭނެވަރު

AUC-01

މިފްކޯ 101

ކަލެކްޓަރ ވެސަލް (ދަނގަޑު)

ޅ. ފެލިވަރު

1,250,000.00ރ

25,000.00ރ

 

ވީމާ، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިއުޅަނދުގެ މައުލޫމާތު ސާފުކުރެއްވުމަށް 7783822 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.   

  • ނީލަން ކުރިއަށް ގެންދާނީ މިފްކޯއިން ކަނޑައަޅާ ތަނަކަށް ނީލަމުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން ހާޒިރުވެގެންނެވެ. ހާޒިރުވާ ކޮންމެ ފަރާތަކުންވެސް އެފަރާތަކުން ބޯޓަށް ކިޔާ އަގު ސީލްކުރެވިފައިވާ ސިޓީއެއް މެދުވެރިކޮށް ނީލަން ފެށުމުގެކުރިން ހުށަހަޅަންވާނެއެވެ.
  •  މިގޮތުން ހުށަހަޅާ އަގުތަކުގެތެރެއިން އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިއްބެވި ބޭފުޅުންގެ މެދުގައި ނީލަން ކުރިއަށް ގެންގޮސް އެންމެ މަތީ އަގު ހުށަހަޅާ ފަރާތް ނީލަމުގެ ބައިވެރިންގެ ހާޒިރުގައި ކަނޑައެޅިގެންދާނެއެވެ.
  • ނީލަން ފަށާއިރު އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއަކުން ހުށަނާޅާ ފަރާތްތަކަށް ނީލަމުގައި ބައިވެރިއެއް ނުވެވޭނެއެވެ.

 

ނީލަން ކުރިއަށްދާނެގޮތުގެ ތަފްޞީލް

ތާރީޙް

ވަގުތު

ނީލަން ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

  • އީމެއިލް މެދުވެރިކޮށް ނަމަ bid@mifco.mv

 

  • މިފްކޯ ހެޑް އްފީސް ކައުންޓަރ އިން

26 އޭޕްރީލް 2023

މެންދުރުފަހު 2:00 ގެ ކުރިން

ބައިވެރިވުމަށް ހުށައަޅަންޖެހޭ މަޢުލޫމާތު: ފުރިހަމަ ނަަން، ގުޅޭނެ ނަންބަރ، އީމެއިލް އެޑްރެސް، އައިޑީ ކާރޑް ނަންބަރ

ނީލަންކިޔުން

މިފްކޯ ހެޑް އްފީސް މީޓިންގ ރޫމް

27 އެޕްރީލް 2023

ހެނދުނު 10:00އަށް

 

  • ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.ކުންފުންޏަކުން ނަމަ އައިޑީކާޑުުގެ އިތުރުން ކުންފުނީގެ ރެޖިސްޓްރޭޝަން ކޮޕީ ހުށައަޅަން ވާނެއެވެ.

 

  • ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުންވެސް -/25,000 (ފަންސަވީސް ހާސް) ރުފިޔާގެ ކޭޝް ޑިޕޮޒިޓެއް ދައްކަވަން ވާނެއެވެ. އަދި ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކެވިފައިސާ އަނބުރާ ރައްދުކޮށްދެވޭނެއެވެ.
  • ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުވިކަން އެންގުމަށްފަހު  އެގްރިމެންޓްގައި ސޮއިކުރެވޭ ތާރީހުގައި ފައިސާދެއްކުމަށްފަހު 07 ދުވަހުގެ މުއަދަތެއްގެ ތެރޭގައި ބޯޓާއި ހަވާލުވެ ގެންދިޔުމުގެ މަސައްކަތްކޮށް ނިންމަވަންވާނެއެވެ.
  • ނީލަން ކާމިޔާބު ކުރައްވާ ފަރާތަށް އިންވޮއިސްކުރާއިރު މުދަލުގެ އަގުގެ އިތުރުން ޖީ.އެސް.ޓީ. ވަކިން ހިމެނޭނެއެވެ.  މިގޮތުން ޕޭމަންޓުން، ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓި ފައިސާ އުނި ކޮށްދެވޭނެއެވެ.
  • ނީލަން ކާމިޔާބު ކޮށް، އެކަށީގެންވާ ސަބަބެއް ނެތި އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ އެއްބަސްވުން ބާތިލް ކޮށް، ޑިޕޮސިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ނުދިނުމުގެ އިޚްތިޔާރު މިފްކޯއަށް ލިބިގެންވެއެވެ. އަދި ޖެހިގެން އެންމެ ރަގަނޅު އަގު ހުށަހަޅާފައިވާ ފަރާތަށް ނީލަން ކާމިޔާބުކޮށްދިނުމުގެ އިޙްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

 

ނީލަން ކާމިޔާބުވި ފަރާތަށް އެކަން އަންގާތާ 07 (ހަތް) ދުވަހުގެ ތެރޭގައި  އުޅަނދުގެ ރެޖިސްޓްރޭޝަން ބަދަލުކުރުމުގެ މަސައްކަތް ފަށަންވާނެވެ. އުޅަނދުގެ ރަޖިސްޓްރީ ބަދަލުކުރުމާއި، އުޅަނދާ ހަވާލުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ޚަރަދެއް ކުރާނީ ނީލަން ކާމިޔާބުކުރާފަރާތުންނެވެ.

ނީލަމާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7998666 ފޯނާ ގުޅުއްވުން އެދެމެވެ.

 

20 އެޕްރީލް 2023

ނީލަން ހުށަހަޅާ އެޑްރެސް :  މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) - ހެޑްއޮފީސް

                       389 ނަންބަރު ކޮށި / މާފަންނު

                         ހިލާލީ މަގު / މާލެ

 

 

20 އޭޕްރިލް 2023