ދިވެހިރާއްޖެ
'ސައުތް އޭޝިޔާ ނޭޝަނަލް އޯޒޯން އޮފިސަރސް ނެޓްވޯރކް މީޓިންގ އަދި ޓްވިނިންގ ކަސްޓަމްސް އެންޑް ނޭޝަނަލް އޯޒޯން އޮފިސަރސް ވޯރކްޝޮޕް' ބޭއްވުމަށްޓަކައި ވެނިއު އަދި ކޭޓަރިންގ ސަރވިސް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން އަރުވަމެވެ. މިގޮތުން ޝައުގުވެރިކަން ހުރި ފަރާތްތައް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު: (IUL)438-ENV/438/2023/122 (5 އޭޕްރީލް 2023) އިއުލާނަށް ހުށަހަޅާފައިވާ އަގުތައް ކަނޑައެޅިފައިވާ ބަޖެޓަށް ވުރެ ބޮޑުވާތީ އެ އިޢުލާން ބާތިލްކޮށް، ޓާރމްސް އޮފް ރެފަރެންސް އަލުން އިސްލާހު ކުރުމަށްފަހު، އަލުން މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސް ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެއެވެ.
މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗްކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީހާއި ވަގުތު، ބީލަން ހުށަހަޅާ ފަރާތުގެ ނަން،އީމެއިލް-އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީހުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.
ބީލަން ހުށަހަޅާނީ 08 މޭ 2023 ވާ ހޯމަ ދުވަހު 10:00ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 08 މޭ 2023 ވާ ހޯމަ ދުވަހު 10:05 ގައި، މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރާނީ 27 އޭޕްރީލް 2023 ވާ އަންގާރަ ދުވަހު 10:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލް ކުރާއިރު ސަބްޖެކްޓްގައި އިއުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.
އީމެއިލް އެޑްރެސްprocurement@environment.gov.mv
ކޮޕީ: environment@environment.gov.mv
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި ވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 08May at 1005hrs – “Procurement of venue, catering and services to conduct Network Meeting of the South Asia National Ozone Officers and Twinning Customs and National Ozone Officers Workshop – advertisement number”
ޕްރޮކިއުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.
އީމެއިލް: procurement@environment.gov.mv
ވެބްސައިޓް: www.environment.gov.mv
ހުށަހެޅީ؛
(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)
(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލްއެޑްރެސް)
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މި މިނިސްޓްރީއަށް ލިބިގެންވެއެވެ.
24 އޭޕްރީލް 2023