ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 171-H3(PU)/IUL/2015/13
ޕަބްލިޝްކުރި ތާރީޚް: 13 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 20 ޖަނަވަރީ 2015 11:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
675 މެގްނަމް (ލޯކަޓް) ބޫޓު ގަތުމަށް

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިސަރވިސްގެ ބޭނުމަށް ދެންނެވިފައިވާ ސައިޒްތަކުން، ޖުމްލަ 675 މެގްނަމް (ލޯކަޓް) ބޫޓު ގަތުމަށް ބޭނުންވެއެވެ. ވީމާ، މިތަކެއްޗަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 15 ޖަނަވަރީ 2015 އިން ފެށިގެން 2015 ޖަނަވަރީ 20 ވާ ބުދަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ -/400ރ (ހަތަރު ސަތޭކަ ރުފިޔާ) އެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މިސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.
  3. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ޖަނަވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި، އިސްކަންދަރު ބިލްޑިންގގައެވެ. އަދި ބީލަންފޮތްތައް ބައްލަވައިގެންފައިވީނަމަވެސް މި ޕްރޮޖެކްޓުގެ ޕްރީބިޑް މީޓިންގއަށް ހާޒިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2015 ޖަނަވަރީ 20 ވާ ބުދަ ދުވަހުގެ 16:00 ގެ ކުރިން މިސަރވިސްގެ އީމެއިލް އެޑްރެސް procurement@police.gov.mv އަށް ފޮނުއްވުން އެދެމެވެ. ބީލަން ހުޅުވުން އޮންނާނީ 12 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. އެޑްވާންސް ޕޭމަންޓްގެގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.

#

UNIT

Description

size

QTY

1

PAIR

Magnum Lowcut

No.6

67

2

PAIR

Magnum Lowcut

No.6.5

83

3

PAIR

Magnum Lowcut

No.7

117

4

PAIR

Magnum Lowcut

No.7.5

100

5

PAIR

Magnum Lowcut

No.8

100

6

PAIR

Magnum Lowcut

No.8.5

100

7

PAIR

Magnum Lowcut

No.9

50

8

PAIR

Magnum Lowcut

No.9.5

17

9

PAIR

Magnum Lowcut

No.10.5

17

10

PAIR

Magnum Lowcut

No.11

17

11

PAIR

Magnum Lowcut

No.12

7

13 ޖަނަވަރީ 2015