ދިވެހިރާއްޖެ
އެކްސެލަރޭޓިންގ ރިނިއުބަލް އެނަރޖީ އިންޓަގްރޭޝަން އެންޑް ސަސްޓޭނަބަލް އެނަރޖީ (އެރައިސް) މަޝްރޫޢުގެ ޚަރަދުތަކަށް ވަރލްޑް ބޭންކުން ވަނީ ދިވެހި ސަރުކާރަށް ހިލޭ އެހީ ދެއްވާފައެވެ. އަދި މި ހިލޭ އެހީގެ ބައެއް މި މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައި ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރާނެ ލީގަލް ސްޕެޝަލިސްޓަކަށް ޚަރަދުކުރުމަށް ވަނީ ގަސްތުކޮށްފައެވެ.
މި މިނިސްޓްރީގެ ފަރާތުން މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތު ކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަން ވާނެއެވެ.
ހުންނަންވާ މައިގަނޑު ޝަރުތުތަކަކީ:
- ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު، ޤާނޫނީ ލަފާދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ޚާއްޞަކޮށް ކޮމާޝަލް ދާއިރާގައި ޤާނޫނީ ލަފާދިނުމުގައި 7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
އަދި
- ޕްރޮޖެކްޓް އޯވަވިއުގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ވިޔަފާރީގެ ޤާނޫނުތައް ރަނގަޅަށް ދެނެގަނެފައިވުން؛
- އިންވެސްޓްމަންޓް ޕްރޮޖެކްޓްތަކާއި، ޑޯނަރ ފަންޑުން ހިންގާ މަޝްރޫޢުތަކާއި، ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ)ގެ އުސޫލުން ހިންގޭ ބައިނަލްއަޤްވާމީ ކޮމާޝަލް މުޢާމަލާތްތަކާއި، ވަކިން ހާއްސަކޮށް އިޢާދަކުރަނިވި ހަކަތަ ފަދަ ހަކަތައިގެ މަޝްރޫޢުތަކުގައި ޤާނޫނީ ލަފާ ދިނުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
މަސައްކަތަށް ހޮވޭފަރާތަކަށް އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލާ ދެފަރާތުން އެއްބަސްވާ އުޖޫރައެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ ބާރަ (12) މަސްދުވަހުގެ ޓައިމް-ބޭސްޑް ކޮންޓްރެކްޓެކެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ "ވަރލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް. ބޮރޮވާރސް ޑޭޓަޑް ޖުލައި 2016، ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018" ("ޕްރޮކިއުމަންޓް ރެގިއުލޭޝަން") ގެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންނެވެ.
މި މަސައްކަތުގެ އިތުރު މަޢުލޫމާތު މި ދަޢުވަތާއި އެކީގައި ޝާއިޢު ކުރެވިފައިވާ މި މަސައްކަތާއިގުޅޭ "ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރ.)" ގައި ވާނެއެވެ. އަދި ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔެގެން އިތުރު މަޢުލޫމާތު ސާފުކުރެވޭނެއެވެ.
ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން މެއި 25، 2023 ވަނަ ދުވަހު މާލެ ގަޑިން 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ތިރީގައިވާ އެޑްރެހަށް ލިޔުމުން ހުށަހެޅުން އެދެމެވެ. "އެކްސްޕްރެޝަން އޮފް އިންޓްރަސްޓް" ޕޯސްޓް މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.
އެރައިސް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ގްރީން ބިލްޑިންގ، ހަނދުވަރީ ހިނގުން، މާފަންނު،
މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3019217
އީމެއިލް: proc.aspire@environment.gov.mv