ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2023/59
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2023
ޕަބްލިޝްކުރި ގަޑި: 13:39
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ހިމާޔަތް ކުރުމާއި ބެހޭ

ލޭންޑްޔޫސް ޕްލޭންގައި (ބޮޑުމަގު ސަރަހައްދުގައި) ފާހަގަކުރެވިފައިވާ 4 ނިކަގަހުގެ ތެރެއިން 3 ނިކަގަސް (ފެރީ ޓާމިނަލް ކައިރީގައި ހުރި 02 ނިކަ ގަސް އަދި އޮފީސް ގޯތީގެ އުތުރުގައި ހުރި 01 ނިކަ ގަސް) ހިމާޔަތް ކުރުމަށް ފެންނަކަމަށާއި، އަދި ގަބުރުސްތާނުގައިވާ 01 މަދޮށި ގަސް، 01 ދުންނިކަގަސް، 01 ކަނދު ގަސް، އަދި މިސްކިތް މަގު އަތިރިމަތީގައި ހުރި 01 ކިނބިގަސް، 01 ކާނިގަސް ހިމާޔަތްކުރަން ފެންނަކަމަށާއި އަދި ކުޑަހަސަންބޭމަގު އަތިރީގައިވާ 01 ކުރެދިފާ، ފާލަށްދާމަގު އަތިރީގައިވާ 01 ކުރެދިފާ، ފުށި ތުނޑީގެ އަތިރީގައިވާ 01 ކުރެދިފާ ހިމާޔަތް ކުރަން ފެންނަ ކަމަށް މި ކައުންސިލުގެ 4 ވަނަ ދައުރުގެ 105 ވަނަ ޢާއްމު ޖަލްސާއިން ވަނީ ނިންމަވާފައެވެ.

08 މޭ 2023