ކުއްޔަށް ހިފުން
ނަންބަރު: GS-95/2015/003
ޕަބްލިޝްކުރި ތާރީޚް: 14 ޖަނަވަރީ 2015
ޕަބްލިޝްކުރި ގަޑި: 14:53
ސުންގަޑި: 21 ޖަނަވަރީ 2015 11:00
ކުރިނބީ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމަށް

ސްކޫލް ބޭނުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

2015 ވަނަ އަހަރު މި ސްކޫލުގެ ބޭނުމަށް ގެއެއް ކުއްޔަށް ހިފުމަށް 21 ޑިސެންބަރު 2014 ވަނަ ދުވަހު މި ސްކޫލުން ކުރި GS-95/2014/29 ނަންބަރު އިޢުލާނާ ގުޅިގެން އެކަމަށް ކުރިމަތިލާފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

މިމަދަރުސާއަށް 2 ކޮޓަރި (އެޓޭޗް ފާޚާނާއާއެކު)، ސިޓިންރޫމަކާއި ބަދިގެ، ކާކޮޓަރި ހިމެނޭގޮތަށް، އިޢުލާނުގައިވާ އިންވެންޓްރީ ލިސްޓުގައި ހިމެނިފައިވާ ތަކެއްޗާއެކު 1 އަހަރުދުވަހުގެ މުއްދަތަށް އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިފަދަ އެޕާޓްމަންޓެއް ކުއްޔަށް ދިނުމަށް އެދިލައްވާ ފަރާތްތަކުން، މަހަކަށް ދައްކަންޖެހޭ ކުލި ބަޔާންކުރައްވައި، އެޕާޓްމަންޓުގެ ފްލޯއޭރިއާގެ ކުރެހުމާއި، ތަން ހަދާފައިހުރި ފެންވަރު ތަފުސީލުކޮށް އެނގޭނެހެން އަދި އެޕާޓްމަންޓުގައި ހިމެނޭ ތަކެތީގެ އިންވެންޓްރީއާއެކު 2015 ޖަނަވަރީ 21 ވާ ބުދަވަހުގެ މެންދުރުފަހުގެ 11:00 އަށް ސްކޫލް އޮފީހަށް ދުރުވެދެއްވުން އެދެމެވެ. އެޕާޓްމަންޓް ޚިޔާރުކުރުމުގައި ޕޮއިންޓްދެވޭނެގޮތުގެ ތަފުސީލު ތިރީގައިމިވަނީއެވެ.

ޕޮއިންޓްދޭނެ ބެންޗްމާރކް

ތަފުސީލު

50%

އެންމެ ދަށް ކުލި

7%

ކަރަންޓްފީ ވެރިފަރާތުން ދައްކާނަމަ

5%

ކުއްޔަށްދޭ ފަރާތުން ކައްކައިދޭނަމަ

5%

ކުއްޔަށްދޭ ފަރާތުން ގެއާއި ގޯތިތެރެ ސާފުކޮށްދޭނަމަ

3%

އެހެނިހެން ފަސޭހަ (ސްކޫލާހުރި ދުރުމިން)

15%

ފަރުނީޗަރ/ޓީވީ/ދޮންނަމެޝިން ފަދަ ތަކެތި ހުރިނަމަ

5%

ކުއްޔަށްދޭ ފަރާތުން ސެކިޔުރިޓީ ބަލަހައްޓައިދޭނަމަ

5%

ވަށާފާރު '6 އަށް ރާނާފައިވާނަމަ

5%

ކުއްޔަށްދޭ ފަރާތުން ބޯފެން ފޯރުކޮށްދޭނަމަ

އިންވެންޓްރީގައި ހިމަނަންޖެހޭ ތަކެތީގެ ލިސްޓު

ސިޓިންގރޫމް

ކޮޓަރި 1

ކޮޓަރި 2

 

1 ޓީވީ

 

1 ޑަބަލް އެނދު

 

1 ޑަބަލް އެނދު ނުވަރަ 2 ސިންގަލް އެނދު

 

1 ޓީވީ ރެކް

 

1 ކުޑަ މޭޒު

 

1 ކުޑަ މޭޒު

 

1 ސޯފާސެޓް

 

1 އަލަމާރި (3 ދޮރުފަތްލީ)

 

1 އަލަމާރި

 

1 ފޮތްލާ ހަރު

 

1 ޑްރެސިންގ ޓޭބަލް

 

1 ޑްރެސިންގ ޓޭބަލް

 

 

 

2 ސެޓް ބެޑްޝީޓް 2 އުރައާއެކު

 

2 ސެޓް ބެޑްޝީޓް 2 އުރައާއެކު

 

 

 

2 ބަލީސް

 

2 ބަލީސް

 

 

 

1 ފާޚާނާ ސާފުކުރާ ބުރުސް

 

1 ފާޚާނާ ސާފުކުރާ ބުރުސް

 

 

 

ފާޚާނާ ސެޓްކޮމްޕްލީޓް

 

ފާޚާނާ ސެޓްކޮމްޕްލީޓް

 

 

 

1 ދާވަށި

 

1 ދާވަށި

 

 

 

1 ތުވާލި ހަރު

 

1 ތުވާލި ހަރު

 

 

6 ބަތްކާތަށި

 

1 ފެންކައްކާ ޖަގު/ކުރާ

 

1 ބަތްއަޅާ ސަމުސާ

 

1 ރޮށިފިހާ ތަވާ

 

2 ވަޅި/ކުޑަ ބޮޑު

 

6 ޖޯޑް ވަތުތަށްޓާއެކު

 

1 ރޮށިދަމާ ފިލާގަނޑު

 

6 ބިއްލޫރި ތަށި

 

1 ތަށިބަހައްޓާ ހަރު

 

1 ދޭފަތް ރޮށިނަގާ

 

1 ޓަށި ބަތްއަޅާ މަތިޖެހި

 

2 ސަމުސާ ރިހައަޅާ

 

3 ދޭފަތް

 

1 މިކްސަރ ގްރައިންޑަރ

 

1 ހުނިގާނާ ދަތި/ ގޮނޑި

 

2 ތަށި ރިހައަޅާ

 

1 ސެޓް ޓޭބަލް މެޓް

 

1 ރައިސްކުކަރު

 

1 ރޮށިލާތަށި

 

4 ތެލި ސަރަފޯހާ އެކު

 

1 ކަޓިންގބޯޑު

 

1 ތަވާ ބިސްގަނޑު އަޅާ

 

1 ތަރުކާރީ ގާނާ އެތި

 

1 ޓޯސްޓަރ

 

1 ބިއްލޫރި ތަށި ޖަހާހަރު

 

1 ސެޓް ޓޭބަލް މެޓް (6 ޕީސް)

 

1 ފުށްފުރޭނި

 

1 ސަމުސާ ޖަހާއެތި

 

1 ހަވާދު އަޅާ ސެޓް

 

2 ތަނުން ކެކޭގޭސް އުދުން

 

1 ޖަގު މަތިޖެހި (މެދު ސައިޒް)

 

1 ކިރުފުރޭނި

 

1 އައިސް އަލަމާރި

 

1 އަވަން

 

 

 

3 މަތިޖަހާ ބާލިދި/ދަޅު ޕްލާސްޓިކު (ހަނޑޫ، ހަކުރު، ފުށް އެޅުމަށް 4 ކިލޯ އެޅޭވަރުގެ)

އެހެނިހެން ތަކެތި

 

2 ފިހިގަނޑު

 

2 ޑަސްބިން

 

2 މޮޕް

 

1 މޮޕްބާލިދީ

 

1 ކުނިނަގާ އަތްގަނޑު

 

1 އިސްތިރިކުރާ ބޯޑު

 

1 އިސްތިރި

 

1 ކާމޭޒު

 

6 ގޮނޑި (ކާމޭޒުކައިރީގައި)

 

1 ސިންކު

 

1ދޮންނަމެޝިން

 

ބަދިގޭ ކަބަޑު ސެޓް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް: ފޯން: 6520532                        

                 ފެކްސް: 6520532

 23 ރަބީޢުލްއައްވަލް 1436

14 ޖަނަވަރީ 2015