ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.
މަޤާމް: |
ސްޕެސިއަލިސްޓް، ކޮމިއުނިކޭޝަން/މީޑިއާ |
ޑިޕާޓްމަންޓް/ސެކްސަން: |
ކޯޕަރޭޓް އެފެއާސް |
ބޭނުންވާ އަދަދު: |
01 |
ޝަރުތުތައް: |
- ބެޖްލާރސް އޮފް ސައިންސް އިން ޕަބްލިކް ރިލޭޝަން ނުވަތަ ގުޅުންހުރި ދާއިރާއަކުން ބެޖްލާރސް ފުރިހަމަކޮށްފައިވުން - މަސައްކަތުގެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
- ކުންފުނީގެ ކޯޕަރޭޓް ބޭނުންތަކަށް ގްރެފިކްސް އަދި ޕްރެސެންޓޭޝަން ލޭއައުޓް ޑިޒައިން ކޮށްދިނުން. - ވެބްސައިޓްގައި ހިމެނޭ މަޢުލޫމާތުތައް ގަވާއިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން. - ސޯޝަލް މީޑިއާ ގައި ޕްރޮމޯޓް ކުރުމަށް ބޭނުންވާ ގްރެފިކްސް ޑިޒައިން ކުރުން. - ކުންފުނިން ހިންގާ އަދި ބައިވެރިވާ އިވެންޓްތަކާއި އެހެން ހަރަކާތްތަކުގެ ފޮޓޯ/ވީޑިއޯ ނެގުމާއި، އެފޮޓޯ/ވީޑިއޯތަށް އެޑިޓްކުރުމާއި އެތަކެތި ސޯޝަލް މީޑިއާގައި ޝާއިރުކުރުން. |
މަހު މުސާރަ: |
22،000ރ އާއި 24،000ރ އާއި ދެމެދު |
ވަޒީފާގެ ބާވަތް: |
ދާއިމީ |
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް.އެސް.އެމް ހެޑް އޮފީސް |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2023 މެއި 16 ވާ އަންގާރަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، careers@fsm.mv އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3032510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ.